17 May 2013, 20:29
ގްލޯބަލް ކާގޯކެއާއިން ސްޕޮންސަރކޮށްގެން ބާއްވާ ގްލޯބަލް ޓީ ޓްވެންޓީ ކްރިކެޓް ކަޕްގެ ލީގްގެ އެންމެ ފަހުމެޗުގައި ވެސްޓް ސްޕޯޓްސް ކްލަބް 63 ލަނޑުން ބަލިކޮށް ހިންނަވަރު ހިރިޔާ ތިންވަނަ ހޯދައިފިއެވެ.
މިއަދު ހަވީރު ކުޅުނު މެޗުގައި ޓޮސް ދިމާވުމުން ވެސްޓް ގަސްދުކުރީ ހޮވުމަށެވެ. ހިރިޔާ ކުޅެން އަރައި 15 އޯވަރުގެ ތެރޭގައި ތިން ކުޅުންތެރިން ނުބައިވެގެން 157 ލަނޑުހެދިއެވެ. ޖަވާބުގައި ވެސްޓް ސްޕޯޓްސް ކުޅެންއަރައި 15 އޯވަރުގެތެރޭގައި ހަ ކުޅުންތެރިން ނުބައިނުވެ ހެދިފައިވަނީ 93 ލަނޑެވެ.
ހިރިޔާ ޓީމުން އެންމެ ރަގަޅަށް ކުޅުނީ 53 ލަނޑުހެދި އަހްމަދު އަފްޒަލްއާއި 47 ލަނޑުހެދި އިސްމާއިލް އަލީއެވެ. އަދި އެންމެ ރަނގަޅަށް ކުޅުނީ 19 ލަނޑު ހެދި ރިފްދީ އާއި 26 ލަނޑު ހެދި ޕްރަދީޕްއެވެ.
މިއަދު ލީގު ބުރުގެ ފަހުމެޗް ކުރިއަށްދިޔަ ވަގުތު އެ މުބާރާތުގެ ސްޕޮނަސަރުންނާއި އެކު ސޮއިކުރުންވެސް ދަނޑުގައި ކުރިއަށް ގެންދިޔައެވެ. ކްރިކެޓް ބޯރޑުގެ ފަރާތުން އެއްބަސްވުމގައި ސޮއިކުރެއްވީ އެ ބޯޑުގެ ވައިސް ޗެއާމަން މުހައްމަދު ފައިސަލްއެވެ. އަދި ގްލޯބަލް ކާގޯ ކެއާގެ ފަރާތުން ސޮއިކުރެއްވީ މިސްޓަރ ސޭމްއެވެ.
ލީގް ނިމުނުއިރު އެއްވެސް މެޗަކުން ދެރަނުވެ އެމް އެސް އެކަޑަމީވަނީ 12 ޕޮއިންޓާއައި އެކު ފައަނަލުން ޖާގަހޯދާފައެވެ. ދެވަނަ ޓީމަކަށް ހޮވިފައިވަނީ ހަތަރުމެޗް ކުޅެ ތިންމެޗުން މޮޅުވެ 9 ޕޮއިންޓާއެކު މިދިޔަ އަހަރުގެ ޗެމްޕިއަން މާލޭ ސްޕޯޓްސް ކްލަބްއެވެ. ލީގުން ތިންވަނަ އަށް ދިޔައީ 6 ޕޮއިންޓާއެކު ހިންނަވަރު ހިރިޔާއެވެ. ހަތަރު ވަނައަށް ދިޔަ ވެސްޓް ސްޕޯޓްސްއަށް ތިން ޕޮއިންޓު ލިބުނުއިރު ކުޅުނު އެއްވެސް މެޗަކުން ޕޮއިންޓެއް ނުލިބި ނިއުސްޓާ ދިޔައީ ތާވަލުގެ ފުލަށެވެ.