އައިޖީއެމްއެޗްގައި ތިއްބަވާ ޑޮކްޓަރުނާއި އެ ޑޮކްޓަރުން ހިދުމަތްދެއްވާ ކޮޓަރިތަކުގެ ކިއު ނަންބަރުތަކާއި ޑޮކްޓަރުންގެ ޑިއުޓީ ގަޑިތައް ބަލާލެވޭއެޕްލިކޭޝަނެއްތައާރަފްކޮށްފި އެވެ.

ދިވެހި ވެބް ޑިވެލޮޕަރަކު ހިލޭ ސާބަހަށް ހަދައިދިންއެޕްލިކޭޝަނެއްއެންޑްރޮއިޑް ފޯނުތަކަށް ހާއްސަކޮށްގެން ހަދާފައިވާ އެޕެކެވެ. "އައިޖީއެމްއެޗް މޯބައިލް"ގެ ނަމުގައި ތައްޔާރު ކުރި އެޕްލިކޭޝަން "ގޫގުލް ޕްލޭ ސްޓޯރަަށް" ލާފައި ވަނީ އިއްޔެ ހެނދުނު އެވެ.

އެޕްލިކޭޝަން ތައްޔާރު ކުރި ވެބް ޑިވެލޮޕަރު ނާއިލް އަބްދުއްރަހުމާން (ކުޑަނާއީ) މިއަދު ބުނީ
ޑޮކްޓަރުން ހިދުމަތްދެއްވާ ގަޑިތައް ބަލާލެވި، އެޕޮއިންޓްމަންޓް ހެދުމަށް ޖާގަ އޮތް މިންވަރު ވެސް އެ އެޕްލިކޭޝަން މެދުވެރިކޮށް ބަލާލެވޭނެ ކަމަށެވެ.

"އެޕް މެދުވެރިކޮށް އައިޖީއެމްއެޗްގެ ޑޮކްޓަރުންގެ ރޫމްތަކުގައި މިހާރު ސާވް ކުރަނީ ކޮން ޓޯކަންއަކަށްތޯ ބަލާލެވޭނެ. އަދި ކުރިއަށް އޮތް ހަފްތާގައި ޑޮކްޓަރުންގެ އެޕޮއިންޓްމަންޓުތައް އޮތް ގޮތް ބަލާލެވޭނެ. ކޮން ޑޮކްޓަރުންނެއްތޯ ތިއްބެވީ، ކޮން ޑޮކްޓަރުންނެއްތޯ އެޕޮއިންޓްމަންޓް އެވޭލެބުލް ވަނީ ބަލާލެވިދާނެ އެޕް މެދުވެރިކޮށް،" ނާއިލް ބުންޏެވެ.

ނާއިލް ބުނީ ކުރިއަށް އޮތް ތާނގާއި އެޕްލިކޭޝަން އިތުރަށް ތަރައްގީ ކުރާނެ ކަމަށާއި އެގޮތުން އެޕްލިކޭޝަން މެދުވެރިކޮށް އައިޖީއެމްއެޗްގެ ޑޮކްޓަރުންގެ އެޕޮއިންޓްމަންޓު ހެދުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އަދި އައިޖީއެމްއެޗާ ވާހަކަ ދައްކައިގެން އިތުރު ބަދަލުތަކެއް ވެސް އެޕްލިކޭޝަނަށް ގެންނާނެ ކަމަށް ނާއިލް ބުންޏެވެ.

ރާއްޖޭގެ އެންމެ ބޮޑު ހޮސްޕިޓަލް އައިޖީއެމްއެޗްގެ ޑޮކްޓަރުން ހިދުމަތްދެއްވާ ކޮޓަރިތަކުގެ ކިއު ނަންބަރު އެޕްލިކޭޝަނަކުން ބަލާލެވޭއިރު، އޭޑީކޭއިން ވެސް ވަނީ އެފަދައެޕްލިކޭޝަނެއްތައާރަފްކޮށްފަ އެވެ. އެއެޕްލިކޭޝަންމެދުވެރިކޮށް އޭޑީކޭގެ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ މައުލޫމާތާއި ޑޮކްޓަރުންގެ ކިއުއާއި އެހެނިހެން ހިދުމަތްތައް ދެވޭނެ މައުލޫމާތު ހިމަނާފައިވެ އެވެ.