އަރުތޫރު ބްރަދާސް އިން ރާއްޖޭގައި އިންވެސްޓްކުރި އިރު ހަދާފައިވާ ކުންފުންޏެއްގައި ހިއްސާވާ ފްރާންސް މީހާ ކަމަށްވާ ގޮޑާޒިން ސަގަސްޔާން އާއި ދެ ދިވެއްސަކު ހޯދަން ފުލުހުން އިއުލާނުކޮށްފައި ވަނިކޮށް އޭގެ ތެރެއިން ދެ މީހަކު އިއްޔެ ހަވީރު ފުލުހުންނާ އަމިއްލަ އަށް ހަވާލުވެފައިވާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ.

ސަން އޮންލައިނަށް މައުލޫމާތު ދެއްވަމުން ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒް މިރޭ ވިދާޅުވީ ހޯދަން އިއުލާނުކޮށްފައިވާ މީހުންގެ ތެރެއިން ފުލުހުންނާ ހަވާލުވެފައި ވަނީ އަރުތޫރް ބްރަދާސް އިން ރާއްޖޭގައި ހެދި "އަރްތޫރު ބްރަދާޒް ވޯލްޑް ކަނެކްޝަން" ކުންފުނީގެ ހިއްސާވާ ފްރާންސް މީހާ ކަމަށްވާ ސަގަސްޔާންގެ އިތުރުން އަރުތޫރް ބްރަދާސްއާ ގުޅުން އޮންނަ ކަމަށް ބެލެވޭ ދިވެހިންގެ ތެރެއިން އަހްމަދު ނިޝާން އެވެ. އަދި އެ ދެ މީހުން މިހާރު ހައްރު ކުރުމަށް ފަހު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ.

އެ ދެ މީހުންގެ އިތުރުން ދެން ހޯދާ މީހަކީ ހ. އެވަޗާންސް އަހުމަދު ވިޝާލްް، އެވެ.

ރިޔާޒް ވިދާޅުވީ އެ ދެ މީހުންގެ މިއަދުގެ ވަގުތެއްގައި ކޯޓަށް ހާޒރު ކުރި ކަމަށާއި އަދި އެ މީހުންގެ ބަންދުގެ މުއްދަތަށް ކޯޓުން ތިން ދުވަސް ޖަހާދީފައިވާ ކަމަށް ވިދާޅުވި އެވެ.

ކޮމިޝަނަރު އިތުރަށް ވިދާޅުވީ އެ ދެ މީހުން ފިލައިގެން އުޅުނީ ކޮންތާކުކަން އަދި ވިދާޅުވާ އަދި އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި އޭގެ ތެރޭގައި ހިމެނޭ ފްރާންސް މީހާގެ ވިސާ ވަނީ ހަމަވެފައި ކަމެއް ނުވަތަ ނޫން ކަމެއް އެނގިވަޑައި ނުގަންނަވާ ކަމަށެވެ.

ރިޔާޒް އިތުރަށް ވިދާޅުވީ އެ މައްސަލާގައި ދެން ތުހުމަތު ކުރެވޭ މީހާ ހޯދުމުގެ މަސައްކަތް މިޙާރު ކުރަމުންދާ ކަމަށާއި އަދި ފުލުހުން ހައްޔަރު ކުރި ދެ މީހުންގެ މައްސަލަ މިހާރު ތަހުގީގް ކުރަމުންދާ ކަމަށެވެ.