16 May 2013, 15:44
މިހާރު ރާއްޖެ އަށް ވަޑައިގެން އުޅުއްވާ ޔޫރަޕިއަން އިއްތިހާދުގެ ވަފުދު ޕީޕީއެމްގެ އިސް ވެރިންނާ ބައްދަލުކުރައްވައިފި އެވެ.
ޕީޕީއެމް އޮފީހުގައި އިއްޔެ ބޭއްވި އެ ބައްދަލުވުމުގައި ފަރެންސޭސި ވިލާތުން ދިވެހި ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކްރިސްޓީން ރޮބިޝޯން އާއި އިޓަލީ ވިލާތުން ދިވެހި ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފެބްރީޒިއޯ ޕައޯ އާޕި އާއި ޖަރުމަނު ވިލާތުން ދިވެހި ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔޮގެން މޯހާޑް އާއި ނެދާލެންޑްސް އިން ދިވެހި ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ލުއި ޕިއެ އާއި އިނގިރޭސިވިލާތުން ދިވެހި ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރުގެ ނައިބު މިސްޓާ ރޮބީ ބުލޮކް އަދި އީޔޫގެ ހައިކޮމިޝަނަރުގެ ނައިބު ޓެރީ ލެޓިނެން އެވެ.
މިބައްދަލުވުމުގައި ރާއްޖޭގެ ސިޔާސީ އިޖުތިމާއީ ހާލަތްތަކާއި ރާއްޖޭގެ މިހާރު ދިމާވެފައިވާ މައްސަލަތަކާ ބެހޭ ގޮތުން ވާހަކަދެއްކެވި ކަމަށް ޕީޕީއެމުން ބުންޏެވެ.