ވެށިފެހި މާލެ ޕްރޮގުރާމްގެ ދަށުން ހުޅުމާލެ އިން ދޫކުރުމަށް ހަމަ ޖެހިފައިވާ 300ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓްގެޒެޓްގައި ޝާއިރުކޮށްފި އެވެ.

މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ގޯތިގެދޮރާއި ބެހޭ ވަޒީރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ސީ ގެކަޓަރީގެ ދަށުން 11،700 މީހުން ކުރިމަތިލާފައިވާ ކަމަށެވެ.

ސީ ކެޓަގަރީން މީހުނަށް ފްލެޓް ދީ ނިމުމާއި ގުޅިގެން ފެށިފަހިމާލެގެ ޕްރޮގުރާމްގެ ފުރަތަމަ ފިޔަވަހީގައި ދޫކުރުމަށް ހަމަ ޖެހިފައިވާ 1000 ފްލެޓްތައް ދޫކޮށް މިހާރު ނިމުނީ ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ. ވަޒީރު ވިދާޅުވީ ފްލެޓްތަކުގެ އަގުތައް ވެސް މިހާރު ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތުން މާލެ އިން ފްލެޓްތައް ދޫކުރަން ހަމަ ޖެހިފައި ވަނީ 9725ރ އަށް ކަމަށާއި ހުޅުމާލެ އިން ފްލެޓްތައް ދޫކުރާނީ 7000ރ އަށް ކަމަށް ވަޒީރު ވިދާޅުވި އެވެ.

ފްލެޓްކަށް ހަތަރު މަހުގެ އެޑްވާސްންކުލި ދައްކަން ޖެހޭއިރު ފްލެޓްތަކުގެ ކުލި 25 އަހަރަށް ބަހާލައިގެން ދެއްކިދާނެ އެވެ. ނަމަވެސް އެ މުއްދަތަށްވުރެ ކުރުމުއްދަކަށް ބަހާލައިގެން ވެސް ދެއްކޭނެ ކަމަށް ވަޒީރު ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި ގޯތިގެދޮރާ ބެހޭ ވަޒީރު ނައިބު އަބްދުﷲ މުއްތަލިބް ވިދާޅުވީ ސީ ގެޓަރީގައި ހިމެނެނީ ރަށްރަށުން މާލެ އައިސް ދިރިއުޅެމުންދާ މީހުންގެ ތެރެއިން ގޯތިގެދޮރުބޭނުންވާ މީހުނަށް ކަމަށާއި ޝަރުތު ހަމަވެފައިވާ އެންމެންނަކީ ވެސް 445 ޕްއިންޓަށް ވުރެ މަތިން ލިބިފައިވާ މީހުން ކަމަށެވެ.

"ކައިވެންޏެއް ކޮށްގެން އެ ކައިވެންޏަށް ތިން އަހަރު ވެފައިވާނަމަ އެ ލިބެނީ 50 ޕްއިންޓް. އަދި 18 އަހަރުނުވާ ކޮންމެ ދަރިއަކަށް 25 ޕްއިމންޓް. އާމްދަނީއެއް ލިބޭ މަސައްކަތެއް ކުރާތާ ފަސް އަހަރު ވެފައިވާނަމަ 100 ޕްއިންޓް. ދެން އާއިލާގެ އާމްދަނީ. އެއީ ބަލަނީ ކޮންމެ ދެމަފިރިއަކަށް ލިބޭ އާމްދަނީގެ ތެރެއިން [18 އަހަރުނުވާ ދަރިންގެ ތެރެއިން ނުކުޅެދޭ ކުދިނަށްދޭ އިނާޔަތް ވެސް ހިމަނައިގެން] ކޮންމެ 5000ރ އަކަށް ވިހި ޕޮއިންޓް. މި ގޮތަށް އެންމެ ގިނައިން ލިބޭނީ 100 ޕްއިންޓް. ދެން މި އިންނަނީ މާލެގައި ރަޖިސްޓްރީވެފައި [އެއީ ދަފްތަރުގައި ނުވަތަ ގޭގަ ނަމަވެސް] އުޅޭތާ ކޮންމެ އަހަރަކަށް 10 ޕްއިންޓް. މާލެގައި ރަޖިސްޓްރީނުވެ މާލެގައި އުޅޭތާ ވެފައިވާ ފުރަތަމަ ފަސް އަހަރު ފިޔަވާ ކޮންމެ އަރަކަށް 10 ޕޮއިންޓް،"

މުއްތޮލިބު ވިދާޅުވީ މިހާރު އާންމުކޮށްފައިވާ ވަގުތީ ލިސްޓާއި މެދު އެއްވެސް ޝަކުވާއެއް ވާނަމަ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. ނަމަވެސް އެ މުއްދަތުގައި އެއްވެސް ލިޔުމެއް އަލުން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ކަމަށް ވެސް މުއްތަލިބު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ޕްއިންޓް ދިނުމަށް މައްސަލައެއް ވާނަމަ އެ މައްސަލައެއް ހުށަހެޅުމަށް ފުރުސަތު މިދިނީ، އުސޫލެއްގެ ގޮތުން 445 ޕްއިންޓް ލިބިފައި ތިބި މީހުން ލިސްޓްގައި މި ތިބީ. އެހެންވީމަ 445 ޕްއިންޓަށް ވުރެ މަތިން ލިބޭނެ ކަމަށް އެއްވެސް ފަރާތަކަށް ގަބޫލުކުރެވޭނަމަ އަޅުގަނޑުމެނަށް [އެ މައްސަލަ އެއް ހުށަހެޅޭނެ،] ސިޓީއަކުން، ނުވަތަ އީމެއިލް ވެސް ކުރެއްވޭނެ، ފެކްސް ވެސް ކުރެއްވޭނެ. ލިޔުމަކުން ހުށަހެޅީމަ އެކަމެއް ބަލާފައި އެކަމެއް ހައްލުކޮށްދޭނަން. އެހެން ނަމަވެސް އެއްވެސް ފަރާތަކަށް އެއްވެސް ލިޔެކިއުމެއް ހުށަހެޅުމުގެ ފުރުސަތެއް ނުދެވޭނެ،"

މުއިއްޒު ވިދާޅުވީ ފްލެޓްތައް ދިނުމުގައި އެއްވެސް ގޮތަކުން ސިޔާސީ ވިސްނުމަކުން އެއްވެސް މީހަކާއިމެދު ވިސްނާފައިނުވާ ކަމަށާއި ނަމަވެސް ޝަރުތު ހަމަވާ މީހުންގެ ލިސްޓްތަކުގައި ތިބި މީހުންގެ ސިޔާސީ ޕާޓީތައް ޗެކްކޮށްފައިވާނެ ކަމަށެވެ. އެގޮތުން އެ ލިސްޓްގައި ތިބި މީހުންގެ ތެރެއިން 47 ޕަސެންޓް މީހުނަކީ ވަކި ސިޔާސީ ޕާޓީއަކަށް ނިސްބަތްނުވާ މީހުން ކަމަށާއި އަދި އެ ލިސްޓްގައިވާ މީހުންގެ 23 ޕަސެންޓް މީހުނަކީ އެމްޑީޕީއަށް ނިސްބަތްވާ މީހުން ކަމަށެވެ.

ފްލެޓްތައް ލިބިފައިވާ މީހުންގެ ތެރެއިން އެންމެ ގިނަ އިން ތިބީ އެމްޑީޕީ މެންބަރުން ކަމަށްވިޔަވެސް އެހެން ޕާޓީތަކުގެ މީހުންވެސް އެހެންމެ ޕާޓީތަކަށް ނިސްބަތްމީހުންގެ ޕަސެންޓެއް ވަޒީރު ވިދާޅެއްނުވެ އެވެ.

"އިއުލާންކޮށްފައިވާ އިތުރު ކަމަކަށް ނުބަލަން. އެހެން ނަމަވެސް ކުރީ ދެ ކެޓަގަރީ ވެސް އިއުލާން ކުރުމާއި އެކީގައި ނުވަތަ ލިސްޓް ހެދުމަށްފަހު ޗެކްކޮށްފައިވާ ފަދައިން މި ފަހަރުވެސް ޗެކްކުރިން ސިޔާސީ ގޮތުން އެކި ފަރާތްތަކަށް ނިސްބަތްވަނީ ކޮން ދިމަ ދިމާއަކަށް ތޯ. އެއީ އަޅުގަނޑުމެނެއް ނޫން ކުރީގައި އޮތް ސަރުކާރުން، ނަޝީދުގެ ސަރުކާރުން އިއުލާންކުރި، އަދި ފޯމްތައް ބަލައިގެންފައިވާ މަޝްރޫއްކަށް މިކަންވާތީ އަޅުގަނޑުމެން އަތްދަށުގައި ނުވަތަ އަޅުގަނޑުމެންގެ ބާރު ދަށަކު ނެތް ނޫން އެ ފޯމްތައް ބަލައިގަތުމުގެ ކަންކަން ހިނގާފައި އޮތީކީ. އެހެންވީމަ އަޅުގަނޑުމެން ޗެކް ކުރުމުގެ ގޮތުން ބަލައިލިން ފްލެޓްތައް ލިބޭ ފަރާތްތައް ނިސްބަތްވާ ޕާޓީތައް. އެގޮތުން ބަލާލިއިރު ޕާޓީއަކަށް ނިސްބަތްނުވާ އެ އެބައުޅޭ 47 ޕަސެންޓް މީހުން. އެންމެ ގިނަ އިން މި އޮތީ އެމްޑީޕީއަށް ނިސްބަތްވާ މީހުން މި ލިސްޓްގައި. އެއީ ގާތްގަނޑަކަށް 23 ޕަސެންޓް މީހުން. ދެން ހުރި ޕާޓީތަކަށް ވަރަށް ކުދި އަދަދަކަށް،"