ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު، ރޭ މާލެ ވަޑައިގެންފި އެވެ.


ރައީސް ނަޝީދު ސިންގަޕޫރަށް ކުރެއްވި މި ދަތުރުފުޅަކީ، ސިންގަޕޫރުގައި ހިންގާ ދިވެހި ވިޔަފާރިތަކާ ބެހޭ ގޮތުން ސިންގަޕޫރުގެ ކަމާ ބެހޭ ފަރާތްތަކާ އެކު މަޝްވަރާ ކުރެއްވުމަށް ކުރެއްވި ދަތުރުފުޅެއް ކަމަށް ރައީސް އޮފީހުން ބުނެ އެވެ.


ރައީސް ނަޝީދުގެ ސިންގަޕޫރަށް ކުރެއްވި ތިން ދުވަހުގެ މިދަތުރުފުޅާ ބެހޭ އެއްވެސް މައުލޫމާތެއް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެ އެވެ.