15 May 2013, 21:27
މިދިޔަ މަހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ތަސްދީގު ކުރެއްވުމަށް ފޮނުއްވި ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ބިލާއި ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ބިލް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު ތަޞްދީގު ނުކުރައްވައި އަލުން މަޖިލީހުން ވިސްނާވަޑައިގަތުމަށް އެ ދެ ބިލު އަނބުރާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާލައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު އާންމު ކުުރި ކުރު ބަޔާނެއްގައި ބުނެފައި ވަނީ އެ ދެ ބިލާ ގުޅޭގޮތުން ދައުލަތުގެ އެޓާނީ ޖެނެރަލް ދެއްވާފައިވާ ލަފާފުޅު، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދަށް ފޮނުއްވި ސިޓީފުޅެއްގައި ވިދާޅުވެފައިވާނެ ކަމަށެވެ. އަދި އެޓާނީ ޖެނެރަލް ފާހަގަކުރައްވާފައިވާ މައްސަލަތަކަށް ރިޢާޔަތް ކުރައްވައި އެ ދެ ބިލަށް އިޞްލާޙު ގެންނަވަން ފެނިވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.