15 May 2013, 16:42
މިދުވަސްވަރު ރާއްޖެ އަށް ކުރަމުން ގެންދާ ވިއްސާރައިގެ ސަބަބުން މޫސުން ގޯސްވެ ކަނޑު ގަދަ ވެގެން މާލެ އާއި ވިނލިގިއްޔާ ދެމެދު ކުރަމުން ގެންދިޔަ ފެރީގެ ހިދުމަތް ބައިގަޑިއިރަށް މިއަދު މެދު ކަނޑާލައިފި އެވެ.
އެމްޓީސީސީގެ އޮފިޝަލަކު މިއަދު ވިދާޅުވީ މިއަދު ހަވީރު 4:15 އެހާކަންހާއިރު ވިލިމާލެއާއި މާލެ އާއި ދެމެދު ދެމުން ގެންދިޔަ ފެރީގެ ހިދުމަތް މެދުކަނޑާލީ އެމްޓީސީސީގެ މެރިޓައިމް ޑިޕާޓްމަންޓްގެ ލަފާގެ މަތިން ކަމަށެވެ. ނަމަވެސް ބައިގައިއިރަށް ފަހު އެހިދުމަތް އަލުން ފެށީ ފެރިން ދަތުރުކުރާ މީހުންގެ އަދަދު މަދުކޮށް، ފެރީ ދަތުރުކުރާ ގަޑިއަށް ބަދަލެއް ގެނެސްފައިވާ ކަމަށެވެ.
އެގޮތުން ކުރިން ކޮންމެ ފަސް މިނެޓަކުން ފެރީ އޮތް ނަމަވެސް މިހާރު ފެރީތައް އޮންނާނީ ކޮންމެ 10 މިނެޓަކުން ކަމުގައި ވެސް އެނާ ވިދާޅުވި އެވެ.
"ހިދުމަތް މިހާރު މިވަނީ އަލުން ފަށަައިފައި، ފެރީތައް މިހާރު ދަތުރުކުރާނީ ކުރިއަށް ވުރެ މަދުން މީހުން ރައިވައިގެން ކޮންމެ 10 މިނެޓަކުން،" އޮފިޝަލް ވިދާޅުވި އެވެ.
ވިލިނގިއްޔާ މާލެ އާއި ދެމެދު އެމްޓީސީސީން ދެމުން އަންނަ ފެރީގެ ހިދުމަތް މެދު ކަނޑާލި ނަމަވެސް ހުޅުމާލެ އާއި މާލެ އާއި ދެމެދު އަދި މާލެ އާއި ހުޅުލެ އާއި ދެމުން އަންނަ ފެރީ ހިދުމަތް މެދުކަނޑައިލައިފައެއް ނުވެ އެވެ.
ވިލިގިލިން ކޮންމެ ދުވަހުވެސް ގިނަ އަދަދެއްގެ ބަޔަކު ވަޒީފާ އަދާކުރުމަށާއި ސްކޫލަށް ދިއުމުގެ އިތުރުން އެތައް ބައިވަރު ކަމެއްގައި މާލެ އާދެ އެވެ.