އިންޑިއާގެ އެންމެ މަޝްހޫރު ކުރިކެޓް ތަރި ކަމަށްވާ ސަޗިން ޓެންޑުލްކަރުގެ މޫނު އެންގުރޭވްކޮށްފައިވާ ރަން ފޮތިތަކަށް އިންޑިއާގެ ގަހަނާ އުފައްދަ ކުންފުންޏަކުން ލޯންޗުކޮށްފި އެވެ.

ސައުވީސް ކެރެޓުގެ ރަން ހިމެނޭ 12 ގުރާމްގެ މިރަން ފޮތީގެ ބޭރުގައި ޓެންޑުލްކަރުގެ މޫނު ކަނޑާނެގިފައިވެ އެވެ.

މުމްބާއީގައި އިއްޔެ ބޭއްވި ހަފްލާއެއްގައި މިރަން ފޮތި ލޯންޗުކުރަމުން ޓެންޑުލްކަރު ބުނީ އޭނާއަށް ކުރިކެޓް ދަނޑުގެ މަތީގައި ރަނުން ފަވާލެވޭ ގިނަ ހިނދުކޮޅުތަކަކަށް ކުރިމަތިވާ ކަމަށާއި ރަން ގަތުމަކީ އޭނާ ކުރާ ހިތްވާ ކަމެއް ކަމަށެވެ.

ރަން ފޮތި އުފެއްދި ކުންފުނިން ބުނީ މިފޮއްޗަކީ "ލިމިޓެޑް އެޑިޝަން" ފޮތިތަކެއް ކަމަށާއި އުފައްދާފައި ވާނީ އެންމެ 100،000 ރަން ފޮތި ކަމަށެވެ. މީގެ ފޮއްޗެއްގެ އަގަކީ 621 އެމެރިކާ ޑޮލަރު (34،000 އިންޑިއަން ރުޕީސް) އެވެ.

މިދިޔަ މަހު 40 އަހަރު ފުރުން ޓެންޑުލްކަރަކީ އިންޑިއާގެ އާއްމުންގެ މެދުގައި އެންމެ މަގުބޫލް އެއް ތަރި އެވެ.