ގްލޯބަލް ކާގޯ ކެއާއިން ސްޕޮންސާ ކޮށްގެން ބާއްވާ ގްލޯބަލް ޓީ ޓްވެންޓީ ކްރިކެޓް ކަޕްގައި އިއްޔެ ކުޅުނު މެޗު ހިންނަވަރު ހިރިޔާ ޓީމުން ކާމިޔާބު ކޮށްފި އެވެ.

ކުޅިވަރު އެކުވެނީގެ އެއް ނަންބަރު ކުރިކެޓް ދަނޑުގައި އިއްޔެ ކުޅުނު މެޗު ހިރިޔާ ޓީމުން ކާމިޔާބު ކުރީ ނިއުސްޓާއާއި ވާދަކޮށް ފަސް ވިކެޓުން ނެވެ.

ޓޮސް ދިމާވުމުން އިއްޔެގެ މެޗުގައި ނިއުސްޓާ ކުޅެންއަރާ 20 އޯވަރުގެ ތެރޭގައި ހަ ކުޅުންތެރިން ނުބައިވެގެން 103 ލަނޑުހެދި އެވެ. އެންމެ ރަނގަޅަށް ކުޅުނީ ނުބައި ނުވެ 53 ލަނޑުހެދި ތުސާރު އާއި 13 ލަނޑުހެދި ސުނާންއެވެ.

ޖަވާބުގައި ހިރިޔާ ކުޅެން އަރައި ހަ ކުޅުންތެރިން ނުބައިވެގެން 107 ލަނޑުހެދިއެވެ. އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 28 ލަނޑުހެދި އިބްރާހިމް ރިޒާން އާއި 19 ލަނޑުހެދި އަހްމަދު ޒައިދު އެވެ. ނިއުސްޓާއިން އާދަމް ނަސީފް ދެ އޯވަރު 23 ލަނޑަށް ހަތަރު ވިކެޓް، ހިސާން އަދި ކޮންމެ ކުޅުން ތެރިއެއް އެއްވިކެޓް ނެގިއެވެ.

މުބާރާތުގައި މިއަދު މެންދުރު ފަހު 2:50 ގައި ބައްދަލުކުރާނީ ވެސްޓް ސްޕޯޓްސް ކުލަބާއި އެމް އެސް އެކަޑަމީގެ ޓީމެވެ.