ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީއަށް ބަޔަކު ހަމާލާދީފި އެވެ.


ފުލުހުންގެ ސަބް އިންސްޕެޓަރު އަހުމަދު ޝިޔާމް ވިދާޅުވީ އިމްތިޔާޒަށް ހަމަލާދިނީ ގޭގެ ދޮރުމަތީގައި ހުންނަވަނިކޮށް މިރޭ 1:15 އެހާ ކަންހާއިރު ކަމަށާއި އޭނާއަށް ހަމަލާ ދިނީ މޫނު ނިވާކޮށްގެން ތިބި ބަޔަކު ކަމަށެވެ.


އޭނާ ވިދާޅުވީ ސީރިއަސް ގެއްލުމެއް އިމްޔާޒަށް ލިބިވަޑައިގެންފައި ނުވާ ކަމަށާއި މައްސަލަ ބަލައި ތަހުގީގު ކުރަމުންދާ ކަމަށެވެ.


‹ކުކުޅު ބިހުން ތެޅީމާ ވާ އަނިޔާއެއް ވިޔާ އަޅުގަނޑަށް ވެއްޖެ›


އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އިމްތިޔާޒު ވިދާޅުވީ މޫނު ނިވާކޮށްގެން ސައިކަލެއްގައި ދިޔަ ބަޔަކު އޭނާއަށް ހަމަލާ ދިނީ ކުނިވެފައިވާ ކުކުޅު ބިހުން ކަމަށާއި އެކަން ފުލުހުންނަށް އަންގާފައިވާނެ ކަމަށެވެ.


"އަޅުގަނޑު ހުރީ ގޭގެ ދޮރުމަތީގައި ރައްޓެއްސަކާ ވާހަކަ ދައްކަން. އެހެން ހުއްޓާ ސައިކަލްގައި ދިޔަ މީހުން ބިސް ޖެހީ. ބިހުން ތެޅީމާ ވާ އަނިޔާއެއް ވިޔާ އަޅުގަނޑަށްވެއްޖެ،" އޭނާ ވިދާޅުވި އެވެ.