14 May 2013, 18:51
މިހާރު ރާއްޖެ އަށް ކުރަމުންދާ ވިއްސާރައިގައި އެކި ރަށްރަށަށް އެކިވަރުގެ ގެއްލުންތައް ލިބެމުންދާތީ ވިއްސާރައިގައި ލިބެމުންދާ ގެއްލުންތަކުގެ މައުލޫމާތު ނޭޝަނަލް ޑިޒާސްޓާ މެނޭޖެމަންޓް ސެންޓަރަށް ފޮނުވުމަށް އެ ސެންޓަރުން އިލްތިމާސްކޮށްފި އެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖެމަންޓް ސެންޓަރުން މިއަދު ނެރުނު ނޫސްބަޔާނުގައި ވަނީ ރާއްޖެގެ އެކި ރަށަކަށް ލިބެމުންދާ މައުލޫމާތުތަށް އެ ސެންޓަރަށް އެންގުމަށް ރަށު ކައުންސިލްތަކަށާއި އަތޮޅު ކައުންސިލަތަކަށް އަންގާފަ އެވެ.
އަދި އެންމެ ކުރިއަށް އޮތްތަނުގައި މޫސުމަށް ރައްކާތެރިވުމުގެ ގޮތުން ރަށް ފެންވަރުގައި ކުރެވެން ހުރި މަސައްކަތް ފާހަގަކޮށް މިކަމަށް އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ވެސް ވަނީ އަންގާފަ އެވެ.
އެ ގޮތުން ކޮޅިގަނޑުގައި އަންނަ ގަދަވަޔަށް ސަމާލުވެ، އިމާރާތްތަކާއި ގެދޮރުފަދަ ތަންތަނުގެ ފުރާޅުފަދަ ތަންތަން ރައްކާތެރިކޮން ބެހެއްޓުމަށާއި ފެންބޮޑުވެ ތަކެއްޗަށް ގެއްލުންވުމުގެ ކުރިން ގޭގެގައި ހިފާގެންގުޅޭ ތަކެތި ރައްކާތެރިކޮށް ކޮން ގެންގުޅުމާއި އަދި ރުއްގަސް ސާފްކޮށް، ނުރައްކާތެރި ނުވާނެ ގޮތަށް ބެހެއްޓުންފަދަ ކަންކަމަށް ރައްޔިތުން ހޭލުންތެރިކުރުމަށް ކައުންސިލްތަކަށް ވަނީ އެ ސެންޓަރުން އަންގާފަ އެވެ.
ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އެކި ރަށްތަކަށް ދަނީ އެކި ގެއްލުންތައް ވަމުންނެވެ.