14 May 2013, 18:38
ކޮޅުނބުގައި ހުންނަ ޔޫރަފިއަން ޔޫނިއަންގެ ގައުމުތަކުގެ ސަފީރުންނާއި ރައީސް މުހައްމަދު ނަޝީދު މިއަދު ބައްދަލުކުރައްވައިފި އެވެ.
އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ ފަރެންސޭސި ވިލާތުން ދިވެހި ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކްރިސްޓީން ރޮބިޝޯން އާއި އިޓަލީ ވިލާތުން ދިވެހި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފެބްރީޒިއޯ ޕައޯ އާޕި އާއި ޖަރުމަނު ވިލާތުން ދިވެހި ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔޮގެން މޯހާޑް އާއި ނެދާލެންޑްސް އިން ދިވެހި ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ލުއި ޕިއެ އާއި އިނގިރޭސިވިލާތުން ދިވެހި ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރުގެ ނައިބު މިސްޓާ ރޮބީ ބުލޮކް އަދި އީޔޫގެ ހައިކޮމިޝަނަރުގެ ނައިބު ޓެރީ ލެޓިނެން އެވެ.
މި ބައްދަލުކުރެއްވުމުގައި ދިވެހި ރާއްޖޭގައި މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ތައްޔާރީތަކާއި ސިޔާސީ މަސްރަހާ ގުޅޭގޮތުން ވާހަކަ ދެކެވުނެވެ.