14 May 2013, 16:51
ރ. ދުވާފަރުގައި އުމުރުން 20 އަހަރުގެ އަންހެނަކާއެކު ގަދަކަމުން ބަދުއަޚުލާގީ އަމަލު ހިންގައި އެމީހާގެ ބަރަހަނާ ފޮޓޯ ނެގިކަމަށް ތުހުމަތުކުރެވޭ މީހަކާއި ތިން ކުއްޖަކު ފުލުހުން ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 19 އަހަރުގެ ފިރިހެނަކާއި 17 އަހަރުގެ ތިން ފިރިހެން ކުދިން ކަމަށެވެ.
އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން ގެންދާ ކަމަށާއި އެހެންކަމުން އެ މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ދެވެން ނެތްކަމަށް ވެސް ފުލުހުން ބުންޏެވެ.