ގްލޯބަލް ޓީ ޓުވެންޓީ ކްރިކެޓް ކަޕުގެ ފަސް ވަނަ މެޗް ނިއު ސްޓާއާ ވާދަކޮށް 67 ލަނޑުން އެމްއެސް އެކަޑަމީ ކާމިޔާބު ކޮށްފިއެވެ.

ކުޅިވަރު އެކުވެނީގެ އެއްނަންބަރު ދަނޑުގައި އިއްޔެ މެންދުރުފަހު ކުޅުނު މެޗުގެ މޫސުން ތަންނުދޭތީ އަމްޕަޔަރުން ނިންމީ ކޮންމެ ޓީމެއްވެސް 10 އޯވަރު ކުޅޭގޮތަށެވެ. އެގޮތުން ޓޮސް ދިމާވުމުން އެމްއެސް އެކަޑަމީއިން ކުޅެން އަރައި 10 އޯވަރުގެ ތެރޭގައި ހަރަތު ކުޅުންތެރިން ނުބައިވެގެން 126 ލަނޑު ހެދިއެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 63 ލަނޑު ހެދި އިސާން ޖަޔަކޮޑީއާއި 22 ލަނޑު ހެދި މުހައްމަދު އައްޒާމް އެވެ.

ނިއުސްޓާއިން ކުޅެން ފެށުމުގެ ކުރިން ވާރޭ ވެހެން ފެށުމުން އަމްޕަޔަރުން ނިންމީ ހަ އޯވަރުގެ ތެރޭގައި އެއްވެސް ކުޅުންތެރިޔަކު ނުބައިނުވެ 76 ލަނޑު ހެދުމަށެވެ. އެހެން ނަމަވެސް ހަ އޯވަރު ހަމަވީ އިރު ނިއުސްޓާއަށް ހެދުނީ އެއްކުޅުންތެރިއަކު ނުބައިވެގެން އެންމެ 28 ލަނޑެވެ. އެ ޓީމަށް އެންމެ ރަނގަޅަށް ކުޅުނީ ނުބައި ނުވެ 20 ލަނޑު ހެދި އާދަން ނާސިފްއެވެ.

މިއަދު މެންދުރު ފަހުވެސް ކުޅިވަރު އެކުވެނީގެ އެއްނަންބަރު ދަނޑުގައި އެ މުބާރާތުގެ މެޗެއް ކުޅޭގޮތަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މެންދުރުފަހު 2:50ގައި ފެށުމަށް ހަމަޖެހިފައިވާ މެޗުގައި ބައްދަލު ކުރާނީ ނިއުސްޓާއާއި ހިންނަވަރު ހިރިޔާއެވެ.