13 May 2013, 22:41
މާލޭގެ ގެއެއްގެ ފުރާޅުމައްޗަށް އެގެއާ ޖެހިގެން ހުރި ގޭގައި ރާނާފައި ހުރި ފާރެއް ވެއްޓި ގެއްލުންތަކެއް ވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ މ. ނާއިންފަރުގޭގެ ފުރާޅުމައްޗަށް އެގެއާ ޖެހިގެން ހުރި ގޭގައި ރާނާފައި ހުރި ފާރު ވެއްޓިފައި ވަނީ މިއަދު މެންދުރު 1:55 އެހާކަންހާއިރު ކަމަށެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށާއި ނަމަވެސް އެގޭގެ ފުރާޅުން ބޮޑުބައެއް ގޭތެރެއަށް ވެއްޓި ގޭތެރޭގައި ހުރި ގިނަ ސާމާނުތަކަކަށް ބޮޑެތި ގެއްލުންތަކެއް ލިބި ބައެއް ތަކެތި ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.