މެންޗެސްޓާ ޔުނައިޓެޑްގެ އިނގިރޭސި ތަރި ވޭން ރޫނީ އެކްލަބު ދޫކޮށް ދާން އުޅޭ ވާހަކަ ބުނިކަމުގައި އެކްލަބުގެ ކޯޗު ސާ އެލެކްސް ފާގަސަން ބުނެފި އެވެ.

މިސީޒަން ނިމުމުން ކޯޗުކަމުން ފާގަސަން ރިޓަޔާކުރުމަށް ނިންމިކަން އިއުުލާން ކުރުމާއެކު އެކްލަބްގެ ފޯވާޑް ވޭން ރޫނީ ޔުނައިޓެޑް ދޫކޮށް ދާން އުޅޭކަމުގެ ވާހަކަތަކެއް މީޑިޔާގައި ދެކެވެމުން ދިޔައެވެ. ޕްރެމިއާ ލީގުގައި ރޭ ސްވަންސީ ސިޓީ އާއި ދެކޮޅަށް ކުޅެ 2-1 ލަނޑުން ޔުނައިޓެޑް މޮޅުވި މެޗުގައި ރޫނީ ފެނިފަ އެއް ނުވެއެވެ.

"އަހަރެންނަށް ހީވަނީ އޭނާ ޓްރާންސްފާގެ ވާހަކަ ބުނީ ކޮންމެވެސް އެހެން ކަމަކާއި ހެދިހެން. އަހަރެންނަށް ހީވާގޮތުގައި ރޫނީ ބޭނުންވަނީ އޭނާ އަމިއްލައަށް ވިސްނަންހެން. އެއީ ރަނގަޅު ވިސްނުމެއް. އަހަރެމެން ރޫނީ ދުލެއް ނުކުރާނަން. ރޫނީ އެގޮތަށް އެވިސްނަނީ ފާއިތުވި ހަފްތާގެ ތެރޭގައި އޭނާ ޓީމްގައި ނުހިމެނުން ކަމުންކަމަށް ބެލެވޭ." ފާގަސަން ބުންޏެވެ.

"ރޫނީއަށް ހުށަހަޅާފައިވާ ހުށަހެޅުން އަހަރެމެން ދޫކޮށްލައިފިން. ރޫނީ މިކަމުން އަރައިގަނެ މިކަމާމެދު ނުވިސްނުމަކީ ޓީމުން އެދޭ ގޮތް." ޔުނައިޓެޑުން ރޫނީއަށް ހުށަހަޅާފައިވާ ހުށަހެޅުމާ ބެހޭގޮތުން ފާގަސަން ބުންޏެވެ.

ޗެމްޕިއަންސް ލީގުގެ ގަދަ ސޯޅައިގެ ދެވަނަ ލެގުގައި ރެއާލް މެޑްރިޑާއި ދެކޮޅަށް ކުޅުނު މެޗުގައި ވެސް ޔުނައިޓެޑުން ރޫނީ ބޭނުންކޮށްފައެއް ނުވެއެވެ. ރޮބިން ވެން ޕާސީ ޔުނައިޓެޑާއި ގުޅުމާއެކު ރޫނީގެ ވިދުން ވަނީ ފަނޑުވެފަ އެވެ.