Last Updated: 1 decade 3 year ago
ފޯކައިދޫ ކައުންސިލްގެ މެމްބަރު އަބްދުﷲ ނާހިދު މިރޭ ސަން އަށް ވިދާޅުވީ އެ މައްސަލާގައި ދެ މީހަކު
ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ ރަށުން މައުލޫމާތު ދިން މީހަކު ބުނީ ހައްޔަރުކޮށްފައިވާ 17 އަހަރުގެ ފިރިހެން ކުއްޖާއަކީ އަންހެން ކުއްޖާއާ އެކު ގުޅުން ހިންގި ކުއްޖާ ކަމަށް ތުހުމަތުކުރެވޭ ކުއްޖާ ކަމަށާއި ހައްޔަރުކޮށްފައިވާ ފިރިހެން މީހާއަކީ އެބޯޝަން ހެދުމަށް ބޭސް ދިން ކަމަށް ބުނާ މީހާ ކަމަށެވެ.
އެ މީހާގެ އުމުރު ޔަގީންނުވި ނަމަވެސް، ބައެއް މީޑިއާތަކުން ބުނެފައި ވަނީ އެ މީހާއަކީ އުމުރުން 27 އަހަރުގެ މީހެއް ކަމަށެވެ.
އެ މައްސަލާގައި އެއްވެސް މީހަކު ހައްޔަރުކޮށްފައިވޭތޯ ސުވާލުކުރުމުން މޯލްޑިވްސް ޕޮލިސް ސާވިސް އިން ވަނީ އެ މައްސަލާގައި ކޮމެންޓުކުރަން ދެކޮޅު ހަދައިފަ އެވެ. ނަމަވެސް ފުލުހުން ރޭ ސަން އަށް ވިދާޅުވީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.