މާލޭ ސިޓީ ކައުންސިލްގައި ހަމައެކަނި ޑީއާރުޕީ ތަމްސީލު ކުރައްވާ މެމްބަރު އިބްރާހިމް ސުޖާއު އާއި އޭނާގެ އެއްބަނޑުއެއްބަފާ ބޭބެ އަދި ޑީއާރުޕީގެ ކައުންސިލް މެމްބަރު އިސްމާއިލް ސުޖާއު މިއަދު ޑީއާޕުޕީން ވަކި ވެއްޖެ އެވެ.

އިބްރާހިމް ސުޖާއު ސަން އާ ވާހަކަ ދައްކަވަމުން މިއަދު ވިދާޅުވީ ޑީއާރުޕީން ވަކިވާން ނިންމީ ފަހަކަށް އައިސް އެ ޕާޓީގެ ސިޔާސަތުތައް ކަނޑަ އެޅުމުގައި ހަދާ ނަހަދާއެއް ނާންގާ ސިޔާސަތުތައް ނިންމާ ކަމަށާއި އަދި އެފަދަ ސިޔާސަތުތަކާ މެދު ހިތްހަމަވެސް ނުޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ އެންމެ ފަހުން މިއަދު އެ ޕާޓީން ބޭއްވި ކައުންސިލް ބައްދަލުމުމަށް ވެސް އެ ދެބެއިންނަށް ދައުވަތު ދީފައި ނުވާ ކަމަށެވެ.

"މިއަދު 3:30ގައި އޮންނާނެ އަޅުގަނޑުމެން ދެބެއިންގެ ފަރާތުން ލިޔެ ސޮއި ކޮށްފައި ޑީއާރުޕީ އޮފީހަށް ސިޓީ ފޮނުވައިފިން. އަޅުގަނޑުމެންނަށް ޑީއާރުޕީގެ ސިޔާސަތު ނޭނގޭ ވާހަކައާ އަދި މިއަދުގެ ކައުންސިލްގައި ވެސް އެ ނިންމި ނިންމުމުގައި އަޅުގަނޑުމެންނަށް ދައުވަތު ދީފައެއް ނުވޭ. އެހެންވީމާ އަޅުގަނޑުމެންނަށް ޑީއާރުޕީގެ ސިޔާސަތުތަކާއި ހިތްހަމަނުޖެހޭތީ ޕާޓީން ވަކި ކޮށްދޭން އިލެކްޝަނަށް ވެސް އޮންނާނީ ލާފައި،" ސުޖާއު ވިދާޅުވި އެވެ.

ސުޖާއު ވިދާޅުވީ ޑީއާރުޕީން ކެނޑުނު ނަމަވެސް އަދި އެހެން ޕާޓީއަކަށް ވަނުމުގެ އެއްވެސް ވިސްނުމެއް ދެބެންކުރެ އެކަކު ވެސް ނުގެންގުޅޭ ކަމަށެވެ. ނަމަވެސް މި އަހަރު ވެރިކަމަށް ވާދަ ކުރައްވާ ޕާޓީގެތަކުގެ ތެރެއިން އެންމެ ރަނގަޅަށް ރައްޔިތުންނަށް ވެރިކަމެއް ކޮންދެވޭ ވަރަށް ތައްޔާރުވެފައިވާ ޕާޓީ އަކީ އެމްޑީޕީ ކަމަށް އިއްބެ ވަނީ ވިދާޅުވެފަ އެވެ.