25 Oct 2010, 09:29
ޖިނާއީ ކޯޓުގެ ނަމުގައި ހިނގަމުން އައި ކޯޓު "ކްރިމިނަލް ކޯޓް"ގެ ނަމަށް ބަދަކޮށް ކޮށްފި އެވެ.
ޖިނާއި ކޯޓުގެ ނަމުގައި ކްރިމިނަލް ކޯޓު ހިނގަމުން އައީ 1997 ވަނަ އަހަރުން ފެށިގެނެވެ.
ޖިނާއީ ކޯޓުންގެ ނަން ބަދަލުކޮށް، އިއްޔެ އިން ފެށިގެން ވަނީ ނަން ބޯޑު ވެސް ބަދަލުކޮށްފަ އެވެ.
މި ބަދަލު ގެނައީ އޮކުޓޯބަރު 21، 2010 ގައި ތަސްދީގު ކުރި ދިވެހިރާއްޖޭގެ ކޯޓު ތަކާ ބެހޭ ގާނޫނުގެ 54 ވަނަ މާއްދާގެ (ށ) ގައިވާ ގޮތަށް އަމަލު ކުރަންޖެހޭތީ އެވެ.
ކޯޓު ތަކާ ބެހޭ ޤާނޫނުގެ 54 ވަނަ މާއްދާގެ (ށ) ގައި ބުނެފައި ވަނީ މި ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން މާލޭގައި ހިނގަމުންއައި ޖިނާއީ ކޯޓު މި ޤާނޫނުގެ 53 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކްރިމިނަލް ކޯޓަށް ބަދަލުވެ، މި ޤާނޫނަށް އަމަލުކުރަން ފެށުމާ އެކު، އެ ކްރިމިނަލް ކޯޓު އެފެނުދުނީ އެވެ. އަދި ޖިނާއީ ކޯޓުގެ ފަނޑިޔާރުންނާއި މުވައްޒަފުންނާއި މަސައްކަތް މި ޤާނޫނަށް ޢަމަލުކުރަން ފެށުމާ އެކު ކްރިމިނަލް ކޯޓަށް ބަދަލުވެ، އެ ކޯޓުގައި ނުނިމި ހުރި މައްސަލަތައް ވެސް އެ ހިނދުން ފެށިގެން ކްރިމިނަލް ކޯޓަށް ބަދަލުވީ އެވެ.
ޖިނާއީ ކޯޓުން ބުނީ އާ ގާނޫނާ ގުޅިގެން ކުރަން ޖެހޭ މަސައްކަތްތަކަށް ހުއްޓުމެއްނެތި ކުރިއަށް ގެންދާ ކަމަށާއި ކޯޓުގެ މަސައްކަތް މެދުކަނޑާނުލައި ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ، މަސައްކަތް ހުއްޓާލައިފި ނަމަ އެކަމުގެ ސަބަބުން ދައުލަތުގެ ކަމާ ބެހޭ ބައެއް އިދާރާތަކުގެ މަސައްކަތް ހުއްޓުމަކަށް އައިސް ގައުމީ މަސްލަހަތަށް ފުށު އަރާފާނެ ކަމެއް މެދުވެރިވިޔަ ނުދިނުމަށެވެ.
ކޯޓްތަކުގެ ގާނޫނާ ގުޅިގެން ޖިނާއީ ކޯޓުގެ ނަން ބަދަލުވެފައިވާއިރު ގާނޫނާ އެކު އޮނިގަނޑަށް ބަދަލުތައް ގެނައުމަށް މަދަނީ ކޯޓުގެ މައްސަލަތައް ވަނީ ހަފުތާއަކަށް ފަސްކޮށްފަ އެވެ.