12 May 2013, 13:23
މި އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވުމަށް ތައްޔާރު ވަމުން އަންނަ ރިޔާސީ އިންތިހާބުގައި ޑީއާރުޕީ އިން ވާދަކުރުމާ މެދު ގޮތެއް ނިންމުމަށް ޓަކައި މިއަދު އެ ޕާޓީގެ ކައުންސިލްގެ ކުއްލި ބައްދަލުވުމެއް ބާއްވަން ނިންމައިފި އެވެ.
ޑީއާރުޕީ ކައުންސިލް ބައްދަލުވުން ޝެޑިއުލްކޮށްފައި ވަނީ މިއަދު 14:30 އަށެވެ.
ސަން އޮންލައިނަށް މައުލޫމާތު ދެއްވަމުން ޑީއާރުޕީގެ އޮފިޝަލެއް ވިދާޅުވީ އެ ބައްދަލުވުމުގެ އެޖެންޑާގައި ހިމެނެނީ ރިޔާސީ އިންތިހާބުގައި ޑީއާރުޕީ އިން ވާދަކުރާނެ ނަމަ، ރަނިންގް މޭޓެއްގެ ގޮތުގައި ކުރިމަތިލައް ވާނީ ކޮން ބޭފުޅެއް ކަން ނިންމުންމުމާއި އިންތިހާބުގައި ސީދާ އެ ޕާޓީން ވާދަ ނުކުރާ ނަމަ ކޯލިޝަން ހަދާނީ ކޮން ޕާޓީއަކާއެކު ކަން ކަނޑައެޅުމެވެ.
ޑީއާރުޕީ އިން ބުނީ އެ ޕާޓީ އަށް ކޯލިޝަނެއް ހެދުމަށް ތިން ޕާޓީއަކުން ހުށަހަޅާފައިވާ ކަމަށެވެ. އެތިން ޕާޓީއަކީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ވަހީދުގެ ގައުމީ އިންތިހާދު ޕާޓީއާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެމްޑީޕީގެ އިތުރުން ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީ އެވެ.
ޑީއާރުޕީގެ ޕްރެސް ކޮންފަރެއްސެއްް މިއަދު ހަވީރު 16:30 އަށް ވެސް ވަނީ ޝެޑިއުލްކޮށްފަ އެވެ.