12 May 2013, 12:07
ދައުލަތުގެ މުދަލެއް އެމްޑީޕީގެ ބޭނުމަށް ބޭނުންކުރި ކުރި ކަމަށް ބުނެ، މަގާމުގެ ނުފޫޒު ބޭނުންކޮގެން ނާޖައިޒް ފައިދާ ހޯދަދިން ކަމަށް ތުހުމަތުގައި މަތިދެކުނު ޕްރޮވިންސް އޮފީހުގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޝަރީފުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.
އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މަތިދެކުނު ޕްރޮވިންސް އޮފީހުގެ ބެލުމުގެ ދަށުގައި އޮތް ގދ. އަތޮޅު އޮފީހުގެ "ކަފެލާ" ލޯންޗުގައި 2010 ވަނަ އަހަރުގެ މެއި 28 ވަނަ ދުވަހު ގދ. ނަޑެއްލާ ބޯޅަދަނޑުގެ އިންވަކި ކުރުމަށް ގދ. އަތޮޅު އޮފީހުން ކުރި ދަތުރުގައި ރައްޔިތުން މަޖިލީހުގެ މެންބަރަކު ބައިވެރިވެފައިވާ ކަމަށް އެނގިފައިވާ ކަމަށާއި އަދި އެ މެންބަރަކު އެ ރަށަށް ދިޔައީ އެ ރަށުގައި އެމްޑީޕީގެ ގޮތްޕެއް ހުޅުވުމަށް ކަމަށެވެ. އަދި އެ ދަތުރުގައި ނަޑެއްލާގެ އިތުރުން ހޯޑެއްދޫ އަށާއި މަޑަވެއްޔަށް ވެސް ދަތުރުކޮށްފައިވާ ކަމަށާއި ނަމަވެސް ނަމަވެސް އެރަށް ރަށުގައި ސަރުކާރުގެ އެއްވެސް މަސައްކަތެއް ކުރިކަން މަތިއުތުރު ޕްރިވިންސް އޮފީހާއި އަތޮޅު އޮފީހުން އެންގެން ނެތް ކަމަށް އެ ކޮމިޝަނުން ބުނެފައިވެ އެވެ.
މީގެ އިތުރުން އޭސީސީން ބުނެފައި ވަނީ މަތި ދެކުނު ޕްރޮވިންސް އޮފީހުގެ އޭރުގެ ޑެޕިއުޓީ މިނިސްޓަރު ކަމުގައި ހުންނެވި ޝަރީފް ނިސްބަތްވާ ޕާޓީއަކީ އޭރު ސަރުކާރު ހިންގި ޕާޓީ ކަމަށް ވާތީ ޕާޓީގެ މަސައްކަތަކަކީ ވެސް ސަރުކާރުގެ މަސައްކަތް ކަމުގައި ދެކޭ ކަމަށްބުނެ އެ އަތޮޅު ލޯންޗް ސަރުކާރުގެ ޕާޓީގެ އެކި ކަންކަމަށް ދަތުރުކުރާ ކަމަށް އެއްބަސްވެފައިވާ ކަމަށެވެ.
ޝަރީފް މައްޗަށް ދައުވާ ކޮށްދިނުމަށް އެދިފައި ވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާ ދަށުން މަގާމުގެ ނުފޫޒު ބޭނުންކޮގެން ނާޖައިޒް ފައިދާ ހޯދަދިނުމުގެ ކުށުގެ ދައުވާއެވެ.