ހަތިޔާރުގެ ގޮތުގައި ބޭނުން ކުރާ ބަޑިއެއް ގެއެއްގެ ތެރޭގައި ހުރި ކަމަށް ފުލުހުންނަށް ރިޕޯޓުކޮށްގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ބަޑިއަކީ "ކުޅޭ ކުޅޭ" ބަޑިއެއް ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ގ. ކުޑަފަރުގޭގެ ސިޑިދަށުން ފެނިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ބަޑިއަކީ ކުޅޭ ކުޅޭ ބަޑިއެއް ކަމަށާއި އަދި ފުލުހުންގެ ބެލުމުގެ ދަށަށް އެފަދަ އެއްޗެއް ގެނައީ އެއީ ހަތިޔާރުގެ ގޮތުގައި ބޭނުން ކުރާ ކަހަލަ "އަސްލު ބަޑިއެއް ކަމަށް" ފުލުހުންނަށް ރިޕޯޓު ކުރުމުން ކަމަށެވެ. އަދި އެކަމުގައި ކަންބޮޑުވާން ޖެހޭ އެއްވެސް ކަމެއް ނެތް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"ކުޅޭ ކުޅޭ ބަޑި" ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ ފޮޓޯތަކެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ. ފޮޓޯތަކުން ފެންނަ ގޮތުން ބަޑީގެ ދިގު މިނުގައި ހަތަރު ވަރަކަށް ފޫޓު ހުންނާނެ އެވެ.