11 May 2013, 17:23
ކުޑަކުދީންގެ ދުވަހާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްލް) އިން މާލެ އާއި ރާއްޖޭގެ ބައެއް އަތޮޅުތަކުގައި ހުރި ހޮސްޕިޓަލް އަދި ސިއްޙީ މަރުކަޒުތަކަށް ޒިޔާރަތްކޮށް އެތަންތަނުން ފަރުވާ ހޯދަމުން ދިޔަ ކުޑަކުދީންނަށް ހަދިޔާ ދީފި އެވެ.
ބީއެމްއެލް އިން ބުނީ ހަދިޔާދީފައި ވަނީ ބޭންކްގެ ބްރާންޗު ހުރި ރަށްތަކުގެ ހޮސްޕިޓަލް އަދި ސިއްޙީ މަރުކަޒުތަކަށް ބޭންކުގެ މުވައްޒަފުން ޒިޔާރަތްކޮށް ކަމަށެވެ. ނަމަވެސް އެ ކުދިންނަށް ހަދިޔާ ކުރީ ކޮން އެއްޗެއް ކަމެއް ނުބުނެ އެވެ.
ހޮސްޕިޓަލްތަކުގެ އިތުރުން މާލޭގައި ހުންނަ ތެލަސީމިއާ ސެންޓަރަށާއި ވިލިމާލޭގައި ހުންނަ ކުޑަކުދީންގެ ހިޔާ އަށް ޒިޔާރަތްކޮށް އެތަނުގައި ތިބި ކުޑަކުދީންނަށް ވެސް ހަދިޔާ ދީފައިވާ ކަމަށް ވެސް ބޭންކުން ބުންޏެވެ.