11 May 2013, 10:43
ގްލޯބަލް ކާގޯ ކެއާއިން ސްޕޮންސާ ކޮށްގެން ބާއްވާ ގްލޯބަލް ޓީ ޓުވެންޓީ ކްރިކެޓް ކަޕުގެ ދެވަނަ މެޗު ނިއު ސްޓާއާ ބައްދަލުކޮށް 25 ލަނޑުން ވެސްޓް ސްޕޯޓްސް ކުލަބު މެޗު ކާމިޔާބު ކޮށްފިއެވެ.
ޓޮސް ދިމާވުމުން ވެސްޓް ސްޕޯޓްސް ކުޅެންއަރައި 19 އޯވަރު ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން 105 ލަނޑު ހަދާފައިވާއިރު ޖަވާބުގައި ކުޅެން އަރައި ކުރިކެޓް ބޯޑުގެ ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމްގައި ހިމެނޭ ކުޅުންތެރިންގެ ނިއު ސްޓާއަށް ހެދުނީ 20 އޯވަރުގެ ތެރޭގައި އަށް ކުޅުންތެރިން ނުބައިވެގެން 80 ލަނޑެވެ.
ވެސްޓް ސްޕޯޓްސްއިން އެންމެ ރަނގަޅަށް ކުޅުނީ 26 ލަނޑު ހެދި މަސްރޫކު އިބްރާހީމްއެވެ. އަދި އެ އިނިގްސްގައި ނިއު ސްޓާއަށް އެންމެ ރަނގަޅަށް އުކާދީފައިވަނީ 10 ލަނޑަށް ތިން ވިކެޓް ނެގި އަލީ ސުނާންއާއި 17 ލަނޑަށް ދެ ވިކެޓް ނެގި ތުސާރުއެވެ. ވެސްޓް ސްޕޯޓްސްއިން އެންމެ ރަނގަޅަށް ކުޅުނީ 13 ލަނޑު ހެދި އާދަމް ނަސީފުއެވެ. ވެސްޓް ސްޕޯޓްސް އިން އެންމެ ރަނގަޅަށް އުކި ދެކުޅުންތެރިން ކަމަށްވާ މުހައްމަދު ރިފްދީއާއި އީސާ ސާދަތު، މިއިން ކޮންމެ ކުޅުންތެރިއަކު ދެ ވިކެޓް ނަގާފައިވެއެވެ.
މުބާރާތުގެ ޕޮއިންޓު ޓޭބަލަށް ބަލާއިރު ފުރަތަ ދެމެޗުން މޮޅުވި މާލޭ ސްޕޯޓްސް ކުލަބާއި ވެސްޓް ސްޕޯޓްސް ކުލަބަށް ތިން ޕޮއިންޓު ލިބިފައިވާއިރު ހިރިޔާއާއި ނިއު ސްޕޯޓްސްއަށް ޕޮއިންޓެއް ނުލިބެއެވެ.
ކުޅިވަރު އެކުވެނީގެ އެއްނަންބަރު ދަނޑުގައި ކުރިއަށް ގެންދާ ގްލޯބަލް ޓީ ޓުވެންޓީ ކަޕްގެ ތިންވަނަ މެޗުގައި މިއަދު ކުޅޭނީ އެމްއެސް ސްޕޯޓްސް އެކަޑަމީއާއި ހިންނަވަރު ހިރިޔާއެވެ. ހެނދުނު 8:30ން ފެށިގެން މެޗުގެ ކުޅުން ކުރިއަށްދާނެއެވެ.