ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާ އެކު އެޕާޓީގެ ރިޔާސީ ކެންޕޭއިން އައްޑޫގައި ފައްޓައިފި އެވެ.

ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް ޒަހާ ވަހީދު މިއަދު ވިދާޅުވީ ޕީޕީއެމްގެ އިއްޔެ އައްޑޫ ސިޓީ އަށް ފެށި މިދަތުރުގައި ރައީސް މައުމޫންގެ އަރިހުގައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޔާމީން އަބްދުލްގައްޔޫމާއި ޔަމީންގެ ރަނިން މޭޓް އަދި މިސަރުކާރުގެ ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ބައިވެރިވެވަޑައިގެންނަވާ ކަމަށެވެ.

ޕީޕީއެމްގެ ކެމްޕެއިން ޓީމްގެ މިދަތުރުގައި އައްޑޫ ސިޓީގެ ހުރިހާ ރަށަކަށް ގޮސް އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ޒަހާ ވިދާޅުވި އެވެ. އެގޮތުން އެ ކެންޕެއިން ޓީމުން ރޭ ވަނީ އައްޑޫ ސިޓީގެ ހިތަދޫގައި ޕާޓީގެ ޖަލްސާއެއް ބާއްވައިފަ އެވެ.

އެ ޕާޓީގެ ޖަލްސާއެއް ރޭ ހިތަދޫގައި ބާއްވައިފައިވާ ކަމަށާއި ކެންޕެއިން ޓީމުން މިއަދު އައްޑޫ ސިޓީގެ ފޭދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާނެ ކަމަށް ޒަހާ ވިދާޅުވި އެވެ. އަދި މިރޭ ހުޅުމީދޫގައި އެޕާޓީގެ ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު މާދަމާ ރޭ ހިތަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މިދަތުރު ނިންލުމަށް ފަހު ކެމްޕެއިން ޓީމް އަންނަ ހޯމް ދުވަހު އެޓީމް މާލެ އައުމަށް ހަމަޖެހިފަ އެވެ.

ޕީޕީއެމްގެ ރިޔާސީ ކެމްޕެއިން ދަތުރުތައް އަތޮޅުތެރެއަށް ރަސްމީކޮށް ފައްޓާފައި ވަނީ މީގެ ދެ ހަފްތާ ކުރިން ފުވައްމުލަކަށް އެޓީމުން ކުރި ދަތުރަށް ފަހު އެވެ.