ހޯމް މިނިސްޓްރީގެ 15 މުވައްޒަފަކަށް "ސްޓްރެސް މޭނޭޖްމަންޓް ޓްރޭނިން" ޕްރޮގުރާމެއް ހިންގައިދާނޭ ބަޔަކު ހޯދުމަށް ސަރުކާރުގެ ރަސްމީ ގެޒެޓުގައި އިއުލާނުކޮށްފި އެވެ.


އެ މިނިސްޓްރީގެ އޮފިޝިލަކު މިއަދު ވިދާޅުވީ އެ މިނިސްޓްރީގެ ވަކި މުވައްޒަފުންތަކެއް މާޔޫސްވެ، ރުޅިގަދާވާކަން އޭނާ އަށް އެނގިވަޑައިގެންފައި ނުވާ ކަމަށާއި އެ ޕްރޮގުރާމުގައި ބައިވެރިވާން އެދޭ މުވައްޒަފުންނަށް ފުރުސަތު ހުޅުވާލާފައި ވަނީ "ރޭންޑަމް"ކޮށް ކަމަށެވެ.


ނަމަވެސް ސަރުކާރުގެ ރަސްމީ ގެޒެޓްގެ މިއަދުގެ އަދަދުގައި ޝާއިއުކޮށްފައިވާ، ހޯމް މިނިސްޓްރީގެ އިއުލާނެއްގައި ބުނެފައި ވަނީ އެ މިނިސްޓްރީން އަންގާ ގޮތެއްގެ މަތީން "15 މުވައްޒަފަކަށް ސްޓްރެސް މެނޭޖުމަންޓް ޓްރޭނިން ކޯހެއް ހިންގައިދޭނެ ފަރާތެއް ހޯދަން" ބޭނުންވާ ކަމަށެވެ.


ހޯމް މިނިސްޓްރީގެ އިއުލާނުގައި އަދި ބުނެފައި ވަނީ އެ ކޯސް ހިންގައި ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހު 7 ވަނަ ދުވަހު ބީލަން ހުށަހެޅުމަށެވެ.