09 May 2013, 15:11
ތ. ކިނބިދޫގައި މޫދަށް ގޮސް އުޅުނު މީހަކު މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މަރުވެފައި އޮއްވައި ފެނިފައި ވަނީ އެރަށު އަންދާސީވިލާ، ޢަބްދުލްކަރީމް ދާޢޫދު ކަމަށެވެ.
ފުލުހުން ބުނެފައި ވަނީ އެ މީހާ މަރުވެފައި އޮތް ހަބަރު ފުލުންނަށް ލިބުފައި ވަނީ މިއަދު 12:49 ހާއިރު ކަމަށެވެ. އަދި ޢަބްދުލްކަރީމް މަރުވެފައި އޮއްވައި ފެނިފައި ވަނީ އެ ރަށުގެ ރައްޔިތުންތަކަކަށް ކަމަށާއި އޭނާ ސިއްހީ މަރުކަޒަށް ގެންގޮސްފައި ވަނީ ވެސް އެ ރަށު ރައްޔިތުން ކަމަށް ފުލުހުން ބުނެފައި ވެއެވެ.
ޑޮކްޓަރުންނާ ހަވާލާދީ ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވީ އޭނާ ސިއްހީ މަރުކަޒަށް ގެންދިޔަ އިރު ވެސް ވަނީ މަރުވެފައި ކަމަށެވެ.
ފުލުހުން ބުނެފައި ވަނީ އެ ހާދިސާ ހިނގާން މެދުވެރިވި ސަބަބު ތަހުގީގު ކުރަމުންދާ ކަމަށެވެ.