25 Oct 2010, 06:23
ދިވެހި އަންހެނަކު ފްލައިޓެއްގެ ތެރޭގައި ވިހައިފި އެވެ.
ގަލްފް ނިއުސްގެ އިއްޔެ އަދަދުގައި ބުނެފައިވާ ގޮތުން އައިމިނަތު ރައުޝާން ހަލީލް ކިޔާ 24 އަހަރުގެ އަންހެނަކު މިނިސްކަށް އެނާގެ ފިރިމީހާއާ އެކު ކުރި ދަތުރުގައި ވިހާފައި ވަނީ "އިއްތިހާދު އެއާވޭސް"ގެ ފްލައިޓެއްގެ ތެރެއަށެވެ.
ރައުޝާނާ އާއި އޭނާގެ ފިރިމީހަކީ ވެސް މެޑިކަލް ކޮލެޖެއްގައި ކިޔަވަމުން އަންނަ ދެ މީހުން ކަމަށް ގަލްފު ނިސުއިސް އިން ބުނެ އެވެ. އޭނާ ވިހާފައި ވަނީ ފިރިހެން ކުއްޖެކެވެ.
ރައުޝާނާގެ ފިރިމީހާ އަބްދﷲ ޝާހިދު ގަލްފް ނިއުސް އަށް މައުލޫމާތު ދެމުން ބުނެފައި ވަނީ އެމީހުން އެ ފްލައިޓުން ދަތުރު ކުރީ މި މަހު 30 ގެ ކުރިން އެމީހުން ކޮލެޖަށް ހާޒިރުވާން ޖެހޭތީ އިތުރު ގޮތެއް ނެތިގެން ކަމަށެވެ.
އެމީހުން ދަތުރުކުރީ ޓްރެވެންޑުރަމުން މިނިސްކަށެވެ. ރައުޝާނާ ވިހާފައި ވަނީ ބޯޓު ޖެއްސުމުގެ 20 މިނެޓު ކުރިންނެވެ.