މަރުކަޒީ ބެންކް، އެމްއެމްއޭގެ ރިޒާވް މަސް ދުވަހުގެ ތެރޭގައި 23 މިލިއަން ރުފިޔާ ދަށަށް ގޮސްފި އެވެ.

މަރުކަޒީ ބޭންކު އެމްއެމްއޭ އިން އާންމުކޮށްފައިވާ އެ ބޭންކުގެ މާލީ ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ މާޗް މަހުގެ ނިޔަލަށް އެ ބޭންކުގެ ރިޒާވްގައި 634,511,025.10ރ. ހުރި ނަމަވެސް މިދިޔަ އޭޕްރީލް މަސް ނިމުނު އިރު އެ ބޭންކުގެ ރިޒާވް ވަނީ 610,811,329.74ރ. އަށް ދަށަށް ގޮސް ފައެވެ. އެހެންކަމުން އެ ބޭންކުގެ ރިޒާވް ވަނީ މަސް ދުވަހުގެ ތެރޭގައި 23 މިލިއަން ރުފިޔާ ދަށަށް ގޮސްފަ އެވެ.

އެމްއެމްއޭގެ ތަފާސްހިސާބްތަކަށް ބަލާއިރު "ޓޯޓަލް ފޮރިން ކަރަންސީ ފައިނޭންސްޝިއަލް އެސެޓްސް" މަސް ދުވަހުގެ ތެރޭގައި އެއް މިލިއަން ރުފިޔާ އިތުރުވެފައިވާއިރު "ލޯކަލް ކަރަންސީ ފައިނޭންޝަލް އެސެޓް" ވަނީ 25 ބިލިއަން ރުފިޔާ ދަށަށް ގޮސްފަ އެވެ. އެހެންކަމުން މިދިޔަ މަސް ދުވަހުގެ ތެރެގައި އެމްއެމްއޭގެ "ޓޯޓަލް ފައިނޭންޝަލް އެސެޓް" ވަނީ 254 މިލިއަން ރުފިޔާ ދަށަށް ގޮސްފަ އެވެ. އެހެންކަމުން "ޓޯޓަލް ފައިނޭންޝަލް އެސެޓް"ގެ މިންވަރު ދަށަށް ދިޔުމަށް މެދުވެރިވި ސަބަބަކީ "ލޯކަލް ކަރަންސީ ފައިނޭންޝަލް އެސެޓް"ގެ މިންވަރު ދަށަށް ދިއުމެވެ.

އެމްއެމްއޭގެ މާލީ ހާލަތު އަންގައިދޭ ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ މާޗް މަހާ އަޅަބަލާ އިރު މިދިޔަ މަހު ހަރަދުތައް ވަނީ 233.33 މިލިއަން ރުފިޔާ ދަށަށް ގޮސްފަ އެވެ.