ވެސްޓްބްރޮމް އަތުން އެކެއް ސުމަކުން މޮޅުވެ އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުގެ ޖާގައެއް މެންޗެސްޓާ ސިޓީއިން ކަށަވަރު ކޮށްފިއެވެ.

އިނގިރޭސި ލީގުގައި ރޭ ސިޓީގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ފެނުނު ހަމަ އެކަނި ލަނޑު ރޮބާޓޯ މަންޗިނީގެ ޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގެ 35 ވަނަ މިނިޓުގައި އެކުލަބުގެ ބޮސްނިއާ ފޯވަޑް އެޑިން ޒެކޯއެވެ.

އަންނަ ހޮނިހިރު ދުވަހު އެފްއޭ ކަޕް ފައިނަލްގައި ވިގަންއާ ދެކޮޅަށް ނުކުންނަން ޖެހޭތީ އެމެޗަށް ތައްޔާރުވުމުގެ ގޮތުން ރޭގެ މެޗުގައި ސިޓީގެ މުހިއްމު ބައެއް ކުޅުންތެރިން ހިމަނާފައެއް ނުވެއެވެ. އެހެން ނަމަވެސް މަންޗިނީގެ ޓީމުންވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އަދި ވެސްޓްބްރޮމްއިން ވެސް ވަނީ ސިޓީގެ ގޯލަށް ނުރައްކާ ވާ ފަދަ ހަމަލާތަކެއް އުފައްދާފައެވެ.

ލީގުގައި 75 ޕޮއިންޓާއެކު ދެވަނައިގައި އޮތް ސިޓީއަށް ބާކީ ދެ މެޗު އޮތް އިރު އެ ޓީމަށް ދެ ވަނަ މަގާމު ގެއްލޭނޭ ހަމައެކަނި ގޮތަކީ އެ ދެމެޗުންވެސް ބަލިވެ 68 ޕޮއިންޓާއެކު ތިންވަނައިގައި އޮތް ޗެލްސީ އެ ޓީމަށް ބާކީއޮތް ތިން މެޗުން މޮޅުވެވިއްޖެ ނަމައެވެ. އެހެން ނަމަވެސް އެ ސިޓީއަށް ތިންވަނަ މަގާމު ގެއްލޭނޭ ގޮތެއް ނެތެވެ.