08 May 2013, 09:30
އައްޑޫ ސިޓީ ހިތަދުއަށާއި ހުޅުމީދު އަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު މިއަދު ހެނދުނު ފުރާވަޑައިގެންފި އެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން އިލްހާމް ޙުސައިން، މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުގައި، ހިތަދޫ ވޯޓާ ސަޕްލައިގެ މަސައްކަތް ފައްޓަވާދެއްވައި ސ. އަތޮޅު މަދުރަސާގައި އޭ ލެވެލްއަށް ކިޔަވައިވައިދިނުން ފައްޓަވައިދެއްވުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.