ހައްޖަށް ދިއުމަށް ޓަކައި ކުންފުނިތަކަށް ފައިސާ ދައްކާ އިރު ދިވެހި ރުފިޔާ އިން ފައިސާ ދެއްކުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ އިން އިލްތިމާސްކޮށްފި އެވެ.

އިސްލަމީ ކަންތައްތަކާ ބެހޭ ވުޒާރާ އިން އެ ގޮތަށް އިލްތިމާސްކޮށްފައި ވަނީ އެ ވުޒާރާ އިން މިއަދު ނެރުނު ބަޔާނެއްގަ އެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސަން އޮންލައިންނަށް މިއަދު ވިދާޅުވީ ހައްޖަށް ދިއުމަށް ފައިސާ ދައްކާ ބައެއް ކުންފުނިތަކުން ޑޮލަރުން ފައިސާ ދެއްކުމަށް މަޖުބޫރު ކުރުވާކަމުގެ ޝަކުވާތައް ލިބެމުންދާ ކަމަށެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ އިން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ މި އަހަރު ހައްޖަށް ދިއުމަށް ފައިސާ ދައްކަމުންދާ އާންމު މީހުންގެ ފައިސާ ނަގަން ޖެހޭނީ ރާއްޖޭގައި މީހުން ހައްޖަށް މީހުން ގެންދިއުމާ ބެހޭ އުސޫލުގައިވާ ގޮތުގެ މަތިން މީހަކަށް 67000.ރ ކަމަށެވެ.