25 Oct 2010, 04:11
ނިޒާމީ މައްސަލަތަކުގެ އޮއިވަރުގައި ޖެހި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ވެސް ކުރިއަށް ނުގެންދެވިގެން ހުއްޓާލައިފި އެވެ.
ރިއާސަތުން އަބްދުﷲ ޝާހިދު ވިދާޅުވީ ޖަލްސާ ހުއްޓާލީ ސިޔާސީ ޕާޓީތަކާ ވާހަކަ ދެއްކެވުމަށް ކަމަށާއި ޖަލްސާތައް ހަފުތާ އަކަށް މެދުކަނޑުއްވާލީ ކަމަށެވެ.
ޝާހިދު ވިދާޅުވީ ސަރުކާރުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ، ވަޒީރުންނަށް ރުހުން ދިނުމާ ބެހޭ މައްސަލަ އެ ކޯޓުން އަވަސް ކުރައްވާނެ ކަމަށް އަންގަވާފައިވާ ކަމަށެވެ.
ޖަލްސާ ކުރިއަށް ނުގެންދެވިގެން ހުއްޓާލީ، ޖަލްސާ ފެއްޓިތާ ކުޑަ އިރުކޮޅެއްގެ ތެރޭގަ އެވެ.