07 May 2013, 15:50
ރާއްޖޭގައި އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބަށް އިންޑިއާގެ ޕާލަމެންޓުން އެހީތެރިވާނެ ކަމަށް ޕާލަމެންޓްގެ މަތިގެ "ލޮކްޝަބާ"ގެ ރައީސާ މެއިރާ ކުމާރު ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ ޒީނިއުސް އިން ބުނީ ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބަށް އެހީތެރިވެވަޑައިގަންނަވާނެ ކަމަށާ އެ އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް މެއިރާ ކުމާރު ވިދާޅުވި ކަމަށެވެ.
އިންޑިއާގެ ޕާލަމެންޓުން ރާއްޖޭގެ އިންތިހާބަށް އެހީތެރިވާނެ ކަން ހާމަކުރެއްވީ މިހާރު އެ ގައުމަށް ވަޑައިގެން އުޅުއްވާ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ކަމަށް ނޫހުގައިވެ އެވެ.
"ރާއްޖޭގައި [އިންތިހާބު] ބާއްވާނީ އިންސާފުވެރިކަމާ އެކު، މީހުންނަށް ބަލައިގަނެވޭ ގޮތަކަށް ކަމަށް އުއްމީދު ކުރައްވާ ކަމަށް ކުމާރު ވިދާޅުވި." ލކްޝަބާ އިން އިއްޔެ އާއްމުކުރި ބަޔާނެއްގައިވެ އެވެ.
ރައްޔިރުންގެ މަޖިލީހުގެ ރައީސް ޝާހިދުއާއި އެކޮމިޝަނުގެ އެހެން ބައެއް އޮފިޝަލުންނާ އެކު މެއިރާ ބޭއްވެވި ބައްދަލުވުމައި މަޝްވަރާ ކުރި ކަންތައްތަކުގެ ތެރޭގައި އިންވެސްޓަރުންގެ އިތުބާރު އުފެއްދުމަށް މަސައްކަތް ކުރުމާއި ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުން ހިމެނެ އެވެ.
ރާއްޖޭގައި މަސައްކަތް ކުރާ އިންޑިއާ ރައްޔިތުންނަށް އިހާނެތިކޮށް ހިތުން ހުއްޓުވުމަށް މަށާއި އެ މީހުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމަށް ފިޔަވަޅު އެޅުމަށް މެއިރާ ގޮވާލެއްވި އެވެ.