07 May 2013, 14:46
ފައިނޭންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އާރިފު ހިލްމީ އަށް ފައިނޭންސް މިނިސްޓަރުގެ އެޑްވައިޒަރުކަން ދެއްވައިފި އެވެ.
އެކަން ވަނީ ސަރުކާރުގެ އޮފިޝަލަކު ސަން އަށް ކަށަވަރުކޮށްދެއްވައިފަ އެވެ. އޭނާ ވިދާޅުވީ އާރިފު މަސައްކަތް ކުރައްވާނީ ކޮންޓްރެކްޓް އުސޫލުން ކަމަށެވެ. ނަމަވެސް ކޮންޓްރެކްޓް އުސޫލުން އާރިފު ކުރައްވާނެ މަސައްކަތުގެ ތަފުސީލެއް އޭނާ ނުދެއްވަ އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ފައިނޭންސް މިނިސްޓްރީ އާރިފު ހިންގެވި އިރު، މަޝްހޫރުވެފައި ވަނީ ބަޖެޓް ކޮންޓްރޯލްކޮށްގެން ހަރަދުތައް ދެކޮޅު ޖެއްސެވުމަށް މަސައްކަތް ކުރެއްވި ބޭފުޅެއްގެ ގޮތުގަ އެވެ.
އާރިފު ފައިނޭންސް މިނިސްޓްރީ ހިންގަވަން ހަވާލުވެވަޑައިގަތުމުގެ ކުރިން ވަނީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ މަތީ ފެންވަރުގެ މަގާމުތަކުގައި މަސައްކަތް ކުރައްވައިފަ އެވެ.