07 May 2013, 11:37
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު، މެލޭޝިޔާގެ ބޮޑުވަޒީރު މުޙަންމަދު ނަޖީބް ބިން ތުން ޙާޖީ ޢަބްދުލް ރަޒަކަށް ތަހުނިޔާ ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖްގައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި ވަރަށް ހޫނު ތަހުނިޔާއެއް ވިދާޅުވެ، ހެޔޮއެދުންތައް ބޮޑުވަޒީރު ނަޖީބަށް ފޮނުއްވާފައިވެ އެވެ. އަދި އެ މަނިކުފާނުގެ ޒަޢާމަތުގައި މެލޭޝިޔާގެ ރައްޔިތުންނަށް އިތުރު ފާގަތިކަން ލިބިގެންދާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖްގައި، ދެ ޤައުމުން ކަންބޮޑުވާ ކަންކަމުގައި ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މެލޭޝިޔާ ސަރުކާރާ އެކު މަސައްކަތް ކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމުގައި ވިދާޅުވެފައިވެ އެވެ.