ރ. އަތޮޅުގެ 10 ކައުންސިލަރަކު ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވައިފި އެވެ.

ޖުމްހޫރީ ޕާޓީން މިއަދު ބުނީ ރ. އަތޮޅުން އެ ޕާޓީ އަށް ސޮއިކުރެއްވި 10 ކައުންސިލަރުންގެ ތެރޭގައި ރ. އަތޮޅު ކައުންސިލްގެ ބައެއް މެންބަރުންނާއި ބައެއް ރަށު ކައުންސިލްތަކުގެ މެންބަރުން ހިމެނޭ ކަމަށެވެ.

ރ. އަތޮޅުން ޖުމްހޫރީ ޕާޓީ އަށް ސޮއިކުރެއްވި ކައުންސިލަރުންނަކީ އެ އަތޮޅު އިނގުރައިދޫ ކައުންސިލްގެ ހަތަރު މެންބަރުންނާއި ދުވާފަރު ކައުންސިލްގެ ތިން މެންބަރުންނާއި ރަސްގެތީމް ކައުންސިލްގެ ދެ މެންބަރުންގެ އިތުރުން ރ. އަތޮޅު ކައުންސިލްގެ މެންބަރު ހުސެއިން ވިޝާމް ކަމަށް ވެސް ޖުމްހޫރީ ޕާޓީން ބުންޏެވެ.

ގއ. ގެމަނަފުށީ ކައުންސިލްގެ ނާއިބް ރައީސް އަޖްވަދު މުހައްމަދު ވެސް ވަނީ ދާދިފަހުން އެ ޕާޓީއާ ގުޅިވަޑައިގެންފަ އެވެ.