06 May 2013, 17:05
މިހާރު ރާއްޖެ އަށް ކުރަމުންދާ ވިއްސާރާގައި ރަށްރަށަށް އުދައަރައިފާނެ ކަމަށް މެޓް އޮފީހުންބުނެފި އެވެ.
މެޓް އޮފީހުގެ ވެދާ ފޯކާސްޓަރަކު މިއަދު ވިދާޅުވީ މިހާރު ރާއްޖެ އަށް ކުރަމުންދާ ވިއްސާރާގައި އަތޮޅުތަކަށް ގަދަވަޔާ އެކު ބޯކޮށްވާރޭވެހި ގުގުރާނެ ކަމަށާއި އަދި މި ދުވަސްވަރު ދިޔަވަރު ބޮޑުވާގަޑީގައި ރާއްޖޭގެ ބައެއް ރަށް ރަށަށް އުދައަރަމުން ދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
"އަދި މިހާތަނަކަށް އަޅުގަނޑުމެނަކަށް ނެތް އުދައަރައިގެން އެއްވެސް ރަށަކުން ހުށައަޅާފައެއް، ނަމަވެސް މިކުރާ ވިއްސާރާގައި ލަފާކުރެވޭ އުދައަރާފާނެ ކަމަށް." ވެދާ ފޯކާސްޓަރަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާރު ކުރަމުންދާ ވިއްސާރާގައި ބޮޑަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވެނީ މެދު ރާއްޖެތެރެއާއި އުތުރުގެ އަތޮޅުތެރޭ ރަށްރަށަށް ކަމަށާއި ނަމަވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ގުގުރުމާ އެކު ބޯކޮށް ވިއްސާރަވެހޭނެ ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކަނޑުތައް ވެސް ގަދަވާނެ ކަމަށް ވިދާޅުވި އެވެ.
ދުވަސްވަރަކީ ކޮންމެ އަހަރަކު ވެސް ވިއްސާރަ ދުވަސްވަރަކަށް ވެފައިވާ އިރު މި އަހަރު ވެސް ވިއްސާރަ އާއި ބާރު ވައިގެ ސަބަބުން ކަނޑުތައް ވަރަށް ގަދަކަން ފާހަގަކޮށްލެވެ އެވެ.