06 May 2013, 15:09
މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ އެންޑް ހިއުމަން ރައިޓްސްގެ ދަށުން ހިނގަމުންދާ "ޑިޕާޓްމަންޓް އޮފް ޖެންޑާ އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސަސް"، ރައީސުލްޖުމްހޫރިއްޔާ އުވާލައްވައިފި އެވެ.
އެ ޑިޕާޓްމަންޓް ރައީސުލްޖުމްހޫރިއްޔާ އުވާލައްވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ އިހުތިޔާރުގެ ދަށުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ޑިޕާޓްމަންޓް އޮފް ޖެންޑާ އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސަސް، ރައީސުލްޖުމްހޫރިއްޔާ އުވާލެއްވީ އާއިލާ އާއި ކުޑަކުދިންނާއި އަންހެނުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނާ ގުޅޭ އެންމެހައި ކަންތައްތައް، މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ހިއުމަން ރައިޓްސްގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނި އެ މަސައްކަތްތައް ކުރެވެމުންދާތީ އެކަންކަން ކުރުމަށް އިތުރު އިދާރާއެއް ހުރުމަކީ ބޭނުންތެރި ކަމެއް ކަމަށް ރައީސަށް ފެނިވަޑައިނުގަންނަވާތީ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.