މާލެ އަތޮޅު ގާފަރު ފަރު ކައިރިން އަޑިއަށް ދިޔަ ދޯނީގައި ތިބި މީހުން ގޯސްޓްގާޑުން ސަލާމަތްކޮށްފި އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު އަބްދުﷲ އަލީ މިއަދު ވިދާޅުވީ "ރިވެލި" ނަމަލަށް ކިޔާ އެ މަސް ދޯނި އަޑިއަށްދާ ކަމުގެ މައުލޫމާތު އިއްޔެ ހަވީރު ލިބުމާ އެކު އެމްއެންޑީއެފުން އެ ސަރަހައްދަށް ގޮސް އެދޯނި ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެ ދޯނި ފެނިފައި ވަނީ މިއަދު ހެނދުނު ކަމަށެވެ. އަދި އެ ދޯނީގައި ތިބީ ޖުމްލަ ފަސް މީހުން ކަމަށާއި އެމީހުން ފެނިފައި ވަނީ ގާފަރު ފަޅުތެރޭގައި ލައިފްޖެކެޓް އަޅައިގެން ތިއްބާ ކަމަށް ވެސް އެމްއެންޑީއެފުުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ އެ ދޯނި ފެނުނު އިރު ދޯނި އޮތީ ވަރަށް ބޮޑަށް ހަލާކުވެގެން ގޮސް ފަރުމައްޗަށް އަޑިއަށް ގޮސްފައި ކަމަށެވެ. އެ ފަސް މީހުންގެ ތެރެއިން ހަތަރު މީހުން ކޯސްގާޑަށް ނެގުމަށް ފަހު މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

ދޯނީގައި ތިބި މީހުންގެ ތެރެއިން އެކަކަށް އިތުރު ފަރުވާ ބޭނުންވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.