މާލެއިން ފުރައިގެން 48 މީހުންނާ އެކު ދިޔަ ފެރީއެއް ހުޅުމާލޭ ނެރު ކައިރީގައި އޮންނަ ފިނޮޅަކަށް އަރައިފި އެވެ.

އެމްއެންޑީއެފުން ބުނީ "ހޯކްސް ރުބީ" ނަމަކަށް ކިޔާ ފެރީ ފަރަށް އަރާފައި ވަނީ ހުޅުމާލެ އަށް ވަންނަން އުޅުމުގެ ތެރޭގައި ނެރުކައިރީގައިވާ ފަސްގަނޑަކަށް އެރުމާ އެކު އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

އެހާދިސާގައި އެ ދޯނިން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ވަނީ އެ ފެރީއިން ހުޅުމާލެއަށް ދަތުރުކުރި މީހުން ހުޅުމާލެ އަށް ގެންގޮސްދިނުމުގައި ވެސް އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އަދި އެ ދޯނި ފުންކުރުމުގެ މަސައްކަތުގައި ވެސް ކޯސްޓްގާޑުން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.