ޅ. ހިންނަވަރުގައި އުމުރުން 17 އަހަރުގެ ކުއްޖަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމުކޮށްލި ކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 24 އަހަރުގެ 2 މީހަކާއި 19 އަހަރުގެ މީހެއް ކަމަށެވެ.

އުމުރުން 17 އަހަރުގެ ކުއްޖާއަށް ތޫނުއެއްޗަކުން ހަމަލާދީފައި ވަނީ މި މަހުގެ ފުރަތަމަ ދުވަހުގެ ދަންވަރު ރޭ ދަންވަރު 2:25 އެހައިކަންހާއިރު އެވެ.

ފުލުހުން ބުނީ އެކުއްޖާ އަށް މިހާރު އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ކަމަށެވެ.