05 May 2013, 19:59
މާލެ އަތޮޅު ގާފަރު ފަރު ކޮޅުން "ރިވެލި" ނަމަކަށްކިޔާ މަސް ދޯންޏެއް އަޑިއަށްދާކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ކޯސްޓްގާޑުން އެ ދޯނި ސަލާމަތްކުރުމަށް ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު ކެޕްޓަން އަބްދުﷲ އަލީ ވިދާޅުވީ އެ މައުލޫމާތު މިއަދު ހަވީރު 5:00 އެހައިކަންހާއިރު ލިބުމާ ގުޅިގެން މީހުންނާއި ދޯނި ސަލާމަތްކުރުމަށް ކޯސްޓްގާޑް ޑައިވަރުންގެ ޓީމަކާއެކު މިހާރު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
ދޯނީގެ ވެރިފަރާތާ ހަވާލާދީ އެމްއެންޑީއެފް އިން ބުނީ އެ ދޯނިން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.
އެ ދޯންޏަކީ ފަސް ފަޅުވެރިންނާއެކު ދަތުރުކުރަމުންދިޔަ، 45 ފޫޓް މަސްދޯންޏެއްކަމަށާއި، އެދޯނި ދިޔަވާން ދިމާވީ، ވިއްސާރަ ކޮޅިގަނޑެއްގައިޖެހި ދޯންޏަށް ދިޔައަރައި، އިންޖީނު ހުއްޓުމާ ގުޅިގެންކަމަށް ވެސް ދޯނީގެ ވެރިފަރާތާ ހަވާލާދީ އެމްއެންޑީއެފް އިން ބުންޏެވެ.