މަކީޓާ ހަތް ވަނަ އެޓޯލް ޖޫނިއާ ޗެމްޕިއަންޝިޕްގެ އެއް ވަނަ މަގާމް ޏ. އަތޮޅު ތައުލީމީ މަރުކަޒުން ހޯދައިފި އެވެ.

އައްޑޫ ސިޓީ ހިތަދޫ ޒޯން ސްޓޭޑިއަމްގައި ކުރިއަށް އެ މުބާރާތުގެ އެއް ވަނަ މަގާމް ޏ. އަތޮޅު ތައުލީމީ މަރުކަޒުން ހޯދީ މުބާރާތުގެ 13 އަހަރުން ދަށާއި 16 އަހަރުން ދަށާއި 19 އަހަރުން ދަށުގެ އުމުރު ފުރާތަކުން ވެސް އެއް ވަނަ މަގާމް ހޯދައިގެންނެވެ.

މުބާރާތުގެ ދެވަނަ ހޯދީ ޝަރަފުއްދީން ސްކޫލެވެ. އަދި ތިން ވަނަ ހޯދީ މާލެއިން ބައިވެރިވި ޔޫތް ޓީމެވެ.

މުބާރާތުގައި ވާދަކުރި ޓީމްތަކަކީ "ޔޫތު ޓީމް"، މަރަދޫ ސްކޫލާއި އިރުޝާދިއްޔާ ސްކޫލާއި ހާފިޒް އަހުމަދު ސްކޫލާއި ފުވައްމުލަކު ސްކޫލާއި މަދުރަސަތުލް ޝައިޚް މުހައްމަދު ޖަމާލުއްދީން އާއި ގެމަނަފުށީ ސްކޫލާއި ޏ. އަތޮޅު ތައުލީމީ މަރުކަޒު އާއި ސ. އަތޮޅު މަދަރުސާ، އަދި ޝަރަފުއްދީން ސްކޫލެވެ.