05 May 2013, 12:02
ކްރިމިނަލް ކޯޓުގައި ހިނގަމުންދާ މަސްތުވާތަކެތީގެ މައްސަލައެއްގައި ކޯޓަށް ހާޒިރުނުވެ އުޅޭ ނޫޅޭ ތަނެއް ނޭންގިގެން ހަތަރު މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައި ވަނީ ސ. މީދޫ މޫންލައިޓް އަހްމަދު އަނީލް،31، އާއި ތ. ތިމަރަފުށި، ކަރަންކާވިލާ އަބުދުﷲ ޝަމީމް،42، އާއި ށ. ފުނަދޫ، ލަކީކޯނާ އިދުރީސް ރަފީޢު، 24، އަދި ކ. ގުރައިދޫ، އަންދަލީބުގެ އިބްރާހީމް ނަޒީމް 28، އެވެ.
އެ ހަތަރު މީހުން ހޯދަނީ ކްރިމިނަލް ކޯޓުގައި މިހާރު ހިނގަމުންދާ މަނާކޮށްފައިވާ މަސްތުވާއެއްޗެއް ބޭނުންކުރުމަށާއި އެތަކެތި ބޭނުންކުރުމަށް ޓަކައި އަތުގައި ބެހެއްޓި ކުށުގެ މައްސަލައެއްގައި ކްރިމިނަލް ކޯޓަށް ހާޒިރުވުމަށް އެންގުމުން ވެސް ހާޒިރުނުވެ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރަކާއި ގުޅިގެން ނެވެ.
އެމީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ އެކަން ފުލުހުންނަށް އެންގުމަށް ވެސް ފުލުހުން އެދެ އެވެ.