02 May 2013, 17:58
ތ.އޮމަދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެމްބަރަކު އިންތިހާބް ކުރުމަށް ބާއްވާ ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިިކެޓްގައި ވާދަކުރުމުގެ ފުރުސަތު އެޕާޓީން ހުޅުވައިލައިފި އެވެ.
އެމްޑީޕީން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ އެޕާޓީގެ ޓިކެޓްގައި އޮމަދޫ ކައުންސިލްގެ ބައި-އިލެކްޝަނަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަން މިއަދުން ފެށިގެން މިމަހުގެ 9 ވަނަ ދުވަހުގެ 3:00 އާ ހަމައަށް އެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.
އެމްޑީޕީން ބުނީ އޮމަދޫ ކައުންސިލްގެ ބައި-އިލެކްޝަން އަށް އެޕާޓީގެ ފަރާތުން އެއް މެމްބަރަކަށް ވުރެ ގިނަ މެމްބަރުން ކުރިމަތިލައިފިނަމަ، އެ އިންތިހާބްގައި ޕާޓީގެ ފަރާތުން ބައިވެރިވާނެ ކެނޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްއިމަރީޒް މިމަހުގެ 11 ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސައިފައިވާ ކަމަށެވެ.
އޮމަދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު ހޮވުމަށް ބާއްވާ ބައި އިލެކްޝަން އަންނަ މަހުގެ 15 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އިލެކްޝަންސް އިން ވަނީ ބުނެފައެވެ.