މަކީޓާ ހަތް ވަނަ އެޓޯލް ޖޫނިއާ ޗެމްޕިއަންޝިޕް އައްޑޫ ސިޓީގައި މިއަދު ފަށައިފި އެވެ.

މިއަދުން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ ނިޔަަށް ކުރިއަށްދާ އެ މުބާރާތުގައި ފަސް އުމުރުފުރާއެއްގައި 10 ޓީމަކުން ވާދަކުރާނެ އެވެ.

މުބާރާތުގައި ކުރިޔަށްދާ އުމުރުފުރާތަކަކީ 13 އަހަރުންދަށް އަންހެން ފިރިހެން، 16 އަހަރުންދަށް އަންހެން އަދި ފިރިހެން އަދި 19 އަހަރުންދަށުގެ ފިރިހެން އުމުރުފުރާތައް ކަމަށް އެތުލެޓިކްސް އެސޯސިއޭޝަނުން ބުނެ އެވެ.

މުބާރާތް ކުރިޔަށްދާނީ ކޮންމެ ދުވަހެއްގެ ހެނދުނު 7.30ން 10.30އަށް އަދި ހަވީރު 4.00ން 6.00އަށެވެ.

މުބާރާތުގައި ވާދަކުރާ ޓީމްތަކަކީ "ޔޫތު ޓީމް"، މަރަދޫ ސްކޫލާއި އިރުޝާދިއްޔާ ސްކޫލާއި ހާފިޒް އަހުމަދު ސްކޫލާއި ފުވައްމުލަކު ސްކޫލާއި މަދުރަސަތުލް ޝައިޚް މުހައްމަދު ޖަމާލުއްދީން އާއި ގެމަނަފުށީ ސްކޫލާއި ޏ. އަތޮޅު ތައުލީމީ މަރުކަޒު އާއި ސ. އަތޮޅު މަދަރުސާ، އަދި ޝަރަފުއްދީން ސްކޫލެވެ.