އިނގިރޭސި ވިލާތުން ކުރިއަށް ގެންދާ އެސޯސިއޭޝަން އޮފް ޗާޓަޑް ސެޓިފައިޑް އެކައުންޓެންޓްސް (އޭސީސީއޭ)ގެ ގޯލްޑް އެޕްރޫވަލް ވިލާ ކޮލެޖަށް ލިބިއްޖެ އެވެ.

ސަން އޮންލައިން އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ވިލާ ކޮލެޖްގެ ޑައިރެކްޓާ ޑިވެލޮޕްމެންޓް އެންޑް އެންޓަ ޕްރައިސް މުހައްމަދު އަޒީމް ހާރޫން ވިދާޅުވީ އޭއސީއޭގެ ކޯސްތަކަކީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގެ ކޮލެޖް ތަކާއި އިންސްޓިޓިުޓްތަކުގައި ހިންގާ ކޯސް ތަކެއް ކަމަށެވެ. އެހެން ނަމަވެސް އޭސީސީއޭގެ ގޯލްޑް އެޕްރޫވަލް ލިބެފައި ވަނީ ވަރަށް މަދު ކޮލެޖް ތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އޭސީސީއޭގެ ގޯލްޑް އެޕްރޫވަލް ސްޓޭޓަސް ލިބޭނީ އޭސީއޭގެ ކޯސްތައް ޑެލިވާ ކުރާ ފަރާތް ތަކުގެ ތެރެއިން އޭސީސީއޭ ގަބޫލު ކުރާ ފެންވަރަށް ކޯސްމެނޭޖްމެންޓް ޑެލިވަރީ ސްޓޫޑެންޓްސް ރިޒަލްޓްސް މެއިންޓެއިން ކުރާ އިންސްޓިޓިުޓް ތަކަށްދޭ ރިކޮގަނިޒިޝަން އެއް މި އޭސީސީއޭ ގޯލްޑް އެޕްރޫވް ލާނިން ޕާޓްނާއަކީ. އެހެން ނަމަވެސް އޭސީއޭގެ ގޯލްޑް އެޕްރޫއަލް ލިބޭނީ އެ ކޮލެޖެއްގައި ހިންގާ އޭސީސީއޭގެ ކޯސްތަކުގެ ފެންވަރު ދިރާސާކުރުމަށް ފަހު،" އަޒީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޭއސީސީއޭގެ ގޯލްޑް އެޕްރޫއަލް ވިލާ ކޮލެޖަށް ލިބެމުން އެ ކޮލެޖަށް ވަރަށް ފަސޭހަ ތަކެއް ވެގެންދާނެ ކަމަށެވެ. އެގޮތުން އޭސީއޭގެ ކޯސްތަކަށް ކުދިން ހޯދައި ދިނުމާއި އެ ކޯސްތަކުގައި ކިޔަވައި ދިނުމަށް ޓީޗަރުން އޭސީސީއިން ސަޖަސްޓް ކޮށްދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަޒީމް އިތުރަށް ވިދާޅުވީ އޭސީސީގެ ގޯލްޑް އެޕްރޫވަލް އާއިއެކީގައި އޭސީސީގެ ފަރާތުން އަންގާ ވަކި ޓާގެޓް ތަކެއް ވެސް ހާސިލް ކުރަން ޖެހޭ ކަމަށެވެ. އެގޮތުން ކުދިންގެ ނަތީޖާ މަތި ކުރުމަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ. އަދި ވިދާޅުވީ އޭސީއޭގެ ގޯލްޑް އެޕްރޫވަލް ދީފައި ވަނީ އެއް އަހަރު ދުވަހަށް ކަމަށާއި އަދި އޭސީސީއޭގެ ޓާގެޓްތައް ވިލާ ކޮލެޖަށް ހާސިލް ކުރެވިއްޖެ ނަމަ ގޯލްޑް އެޕްރޫވަލް އާ ކޮށްދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.