02 May 2013, 15:05
"ނޮލެވްޓީ ބުކްޝޮޕްބުކުސް އެންޑް ސުޓޭޝަނަރީ ފެއާ"ގެ ނަމުގައި ނޮވެލްޓީ ބުކްޝޮޕްގެ ފަރާތުން ބޭއްވި ފޮތް މައުރަޒުގެ ނަސީބް ވެރިޔަކަށް ހޮވިގެން 20000 ޑޮލަރު (308400ރ.) ލިބޭ ނަސީބް ވެރިޔާ އިއުލާންކޮށްފި އެވެ.
ދާދި ދެންމެއަކު ދި ޓީވީ ސްޓޫޑިއޯގައި ނެގި ގުރުން 20000 ޑޮލަރު ލިބޭ ނަސީބް ވެރިޔަކަށް ހޮވާފައި ވަނީ މ. ލެމޮންޓުރާ، ޝަޔާން އެވެ.
ގިނަ އަދަދެއްގެ ފައިސާގެ އިނާމަކާ އެކު ނޮވެލްޓީ އިން ކޮންމެ އަހަރަކު ބާއްވާ ބުކް ފެއާގެ ތެރެއިން މި އަހަރު ބޭއްވި ބުކް ފެއާއަށް ވެސް ބޮޑު ތަރުހީބެއް ލިބިގެންދިޔަ ކަމަށް ނޮވެލްޓީ ބުކް ޝިޕްއިން ބުންޏެވެ. އެގޮތުން 70000 އަށް ވުރެ ގިނަ މީހުން މިއަހަރުގެ ފެއާއަށް ޒިޔާރަތްކޮށްފައިވާކަމަށް ނޮވެލްޓީ އިން ބުންޏެވެ.
މިފަހަރުގެ ފެއާގައި ވިއްކަން ބަހައްޓައިފައި ހުރި ސްޓޭޝަނަރީ އާއި ފޮތްތަކުން 70 ޕަސެންޓް ޑިސްކައުންޓް ދީފައިވާ އިރު 30 އަށް ވުރެ ގިނަ ދިވެހި އާ ފޮތްތަކާއި 12000 އަށް ވުރެ ގިނަ ވައްތަރުގެ އިނގިރޭސި ފޮތް އެފެއާގައި ވިއްކި އެވެ.